ފަރެސްމާތޮޑާގެ ގޭގޭގެ ގޯތިތެރޭގައި ކުޑަޖާގައެއްގައި އޮޅުއަލަ ހައްދަނީ

އޮޅުއަލަ އަކީ ޒަމާނުއްސުރެ ރާއްޖޭގެ ބައެއް ރަށްރަށުގައި ވަރަށްގިނައިން ހައްދާ ދިވެހިންގެ ކެއުމުގައި ބޭނުންކުރާ ވަރަށްމީރު ފަލަމަޑީގެ ބާވަތެކެވެ. މިގޮތުން ގދ.ގައްދޫ މީހުން އެރަށް ކައިރީގައި އޮންނަ ގަމުގައި ދިޔައީ އޮޅުއަލަ ވަރަށްގިނައިން ހައްދަމުންނެވެ. އަދި ޏ. ފުވައްމުލަކުގެ ގޭގޭގެ ގޯތިތެރޭގައި އަލައޮޅުތައް މިހާރުވެސް ހުރެއެވެ. ގދ. ވާދޫ އާއި އައްޑޫސިޓީގެ އެކި ރަށްރަށުގައިވެސް އަލައޮޅުތައް ދަނީ ހައްދަމުންނެވެ. އެންމެ ގިނައިން އަލަ ހައްދަމުންދިޔަ ގދ. ގަމުގެ ގިނައަދަދެއްގެ އަލައޮޅުތައް މަރުވެ އަލުން ހެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، […]