ދީނީ ނަސޭހަތް: ގެއްލެނިވެ ހަލާކުވެފައިވާ މީހުންގެ ތެރޭގައި ތިބާ ނުވާށެވެ!

ހުރިހާ އިންސާނުންނަކީ މާތްﷲ ގެ ޙަޟްރަތުން ހިދާޔަތަށް ބޭނުން ޖެހިފައިވާ ބައެކެވެ. އެއީ ކޮންމެ މަޤާމެއްގައި ހުރި މީހަކު ކަމުގައިވިޔަސް މެއެވެ. މާތްﷲގެ ތެދުމަގަށް ބޭނުން ޖެހޭނެއެވެ. ދީނީ ޢިލްމުވެރިއަކު ކަމުގައިވިޔަސް އަދި ދީންވެރި އަޅަކު ކަމުގައިވިޔަސްމެއެވެ. މަޤާމުގެ ގޮތުން މަތީ މީހަކު ކަމުގައިވިޔަސް މާތްﷲ ގެ ޙަޟްރަތުން ލިބޭ ހިދާޔަތުން މެނުވީ އެމީހަކަށް ރައްކައުތެރިކަމެއް ނެތެވެ. މާތްﷲ އެމީހަކަށް މަގު ދެއްކެވުމުން މެނުވީ ހިދާޔަތް ލިބިގެން ނުދާނެއެވެ. އަދި ހިދާޔަތް ލިބުނު މީހާއަށް އެކަމުގައި ޘާބިތުވެވޭނީ […]