އާދަމުގެ ދަރިޔާއަށް މައިކަށި ތެދަށް ބެހެއްޓޭވަރުގެ ކާއެތިކޮޅެއް ފުދޭ!

ކެއުން ބުއިމުގެ އިސްލާމީ އަދަބުތަކާއި ގުޅޭގޮތުން މިއަދު ގެނެސްދިން ހުކުރު ޚުތުބާގައި ބުނެފައިވަނީ އާދަމުގެ ދަރިޔާއަށް އޭނާގެ މައިކަށި ތެދަށް ބެހެއްޓޭވަރުގެ ކާއެތިކޮޅަކުން ފުދޭ ކަމަށާއި، މަދުމިންވަރަކުން ނުފުދޭ މީހާ އޭނާގެ ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކާށެވެ. އަދި ތިންބައިކުޅަ އެއްބަޔަށް ފެންބޯށެވެ. އަދި ތިންބައިކުޅަ އެއްބައި ނޭވާލުމަށްޓަކައި ހުސްކޮށް ބަހައްޓާށެވެ. " ހަދީޘުން އެނގެނީ ކެއުން ބުއިން ގިނަކުރުމަކީ ރަނގަޅުކަމެއް ނޫންކަން. އަންގަވަނީ ތިބާ ކުރަންޖެހޭ މަސައްކަތްތައް ކުރެވޭ ވަރުގެ ހަކަތައެއް ލިބިގެންވާ މީހަކަށް ވާން. […]