ތިބާގެ ހިތް

ހިތަކީ އިންސާނުންގެ ހަށިގަޑުގައި ލައްވާފައިވާ އެންމެ ނާޒުކު ގުނަވަނެވެ. އަދި ހަށިގަނޑުގައިވާ ގުނަވަން ތަކުގެ ތެރެއިން އެންމެ ސާފުކަންމަތީ ބަހައްޓަން ޖެހޭ ގުނަވަނަކީވެސް ހިތެވެ. އިންސާނާ ކުރާ ހުރިހައި ޢަމަލެއް އެގުނަވަނެއްގެ މައްޗަށް ބިނާވެފައިވާ ގުނަވަނަކީވެސް ހިތެވެ. ހުރިހައި ބުނުމެއް ގުޅިފައިވަނީވެސް ހިތަށެވެ. ހުރިހައި ޢަމަލެއް ބިނާވެފައިވަނީ ހިތުގެ މައްޗަށެވެ. އަދި ހުރިހައި ޢަމަލެއް ޤަބޫލުވެވިގެން ވަނީ ވެސް ހިތުގެ މައްޗަށެވެ. އެ ގުނަވަން ރަނގަޅު ކުރުމުން އެހެން ހުރިހައި ކަމެއްވެސް ރަނގަޅުވެގެން ދެއެވެ. މުޅި މީހާ […]
ހަޤީޤީ ހާދިސާ: ނިގުޅައިގަތް ތެދުވެރި ލޯބި

އެއީ 90 ގެ އަހަރު ތަކުގެ ކުރީކޮޅެވެ. އަހަރެންވެސް ސްކޫލް ނިންމާލުމަށްފަހު ބޭރުތެރެއަށް ނުކުމެ އުޅެންފެށީމެވެ. ރައްޓެހިންނާއެކީ ބޭރަށް ނުކުމެ އުޅުމުގެ ހުއްދަ ލިބެންފެށީ ވެސް ސްކޫލް ނިމުނު ފަހުންނެވެ. އަހަރެންގެ އާއިލާއަކީ އެހާ ތަނަވަސް ނޫނަސް ފުދިގެން އުޅުލެވޭވަރުގެ އާއިލާއެކެވެ. ސްކޫލު ނިމުމުން އާއިލާއިން ބޭނުންވީ ކޮމްޕިއުޓިންގ ކޯހެއް ހަދާށެވެ. އެކަމާ އަހަރެން އުފަލުން އެއްބަސްވީމެވެ. އެކަމުގެ ސަބަބުން އަހަރެންނަށް ބޭރަށް ނިކުންނަންވެސް ފުރުސަތުލިބުނީމައެވެ. އެހެންނަމަވެސް އަހަރެން އަބަދުވެސް ބަލަނީ މަންމަގެ ބަސްއަހައިގެން އުޅެވޭތޯއެވެ. ކޮމްޕިއުޓަރ […]