ބިރުވެރި ހާދިސާ: ދިގުރަށު ދެ ލޯބިވެރިންގެ ހިތި ނިމުން

ލަތީފަކީ ވަރަށް ފަގީރު ޢާއިލާއެއްގެ ދެމަފިރިއަކަށް ލިބުނު ދަރިއެކެވެ. މައިންބަފައިންގެ ފަގީރުކަމާއި ނިކަމެތިކަން ލަތީފްވެސް ދަނެއެވެ. ބައްޕަ ދަނޑު ހައްދައިގެން ލިބޭ ފައިސާކޮޅުން އޮންނަނީ އިރުން އިރަށް ގޭގެ ޚަރަދުވެސް ނުކުރެވިފައެވެ. ލަތީފަކީ ވަރަށް ވިސްނުން ރަނގަޅު ޒުވާނެކެވެ. "ބައްޕައަށް ލިބޭ ކުޑަ ފައިސާކޮޅުން އެންމެ ލޯ ލާރިއެއްވެސް ރައްކާ ނުކުރެވެއެވެ. އަހަރެންވެސް ކޮންމެވެސް މަސައްކަތެއް ކުރެވޭތޯ ބަލަންވީއެވެ." މިގޮތުން މަސައްކަތެއް ކުރުމަށްޓަކާ ވަލަށްވަދެ ކަނދު ކަނޑައިގެން އަތިރިމަތީގަ އިނދެގެން ކުޑަ އޮޑިފަހަރު ހަދާ ބޮޑުލާރީގެ ދިހަ […]