ވީޓީވީ އާއި ޒީޓައިމްސް ގުޅިގެން ބޮޑުފެންޑާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމައިފި

ބޮޑުފެންޑާ ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހަށް ޚާއްސަކޮށްގެން 2010ވަނަ އަހަރުން ފެށިގެން ވީޓީވީއިން ގެނެސްދިން ޕްރޮގްރާމެކެވެ. މިޕްރޮގްރާމް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވަނީ މީގެ 10 އަހަރު ކުރިން މިޕްރޮގްރާމް ޕްރޮޑިއުސްކޮށް ޕްރެޒެންޓްކުރި ޒީނާ ޒާހިރު އެވެ. ބޮޑުފެންޑާ ޕްރޮގްރާމް އަލުން ފެށުމުގެ މަޤްސަދަކީ، ރައްޔިތުން ބޭނުންވާފަދަ ތެދު މައުލޫމާތު ހިމަނައިގެން، ހަމަހަމަކަމާއިއެކު ރަނގަޅު ފެންވަރުގެ ޝައުގުވެރި ޕްރޮގްރާމެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމެވެ. މިގޮތުން ޤައުމުގައި އެވަގުތަކު ހިނގަމުންދާ އެންމެ މުހިންމު ކަންތައްތަކާއި ގުޅޭގޮތުން ތަފްސީލީ މައުލޫމާތުތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. […]
ބުރަކޮށް އުޅުމަށްފަހު ސިކުނޑި ތާޒާކުރުމަށް ގަނދަކޯޅި ފަތުގެ ވަސް ބަލާލާ!

ގަނދަކޯޅި ގަހަކީ އާންމު ގޮތެއްގައި ދެފޫޓުބައި އުސްމިނުގައި ހެދޭ، ދިވެހިންގެ ތެރޭގައި ވަރަށް އާންމު ވައްތަރެއްގެ ގަހެކެވެ. ގަނދަކޯޅި ގަހުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އާންމު ގޮތެއްގައި ރާއްޖޭގައި ހައްދަނީ ހުދުކުލައިގެ މާއަޅާ ވައްތަރުގެ ގަހެވެ. ހޫނު ސަރަހައްދުތަކުގައި ފަސޭހައިން ހެދޭ މިބާވަތުގެ ގަހަކީ ގޭތެރޭގައި އަދި ގޯތިތެރޭގެ ހުސްތަންތަނުގައި ހައްދާލަން ފަސޭހަ ފައިދާހުރި ގަހެކެވެ. ކެއްކުމަށް މިބާވަތުގެ ފަތް، ޕީޗް އަދި ބެރީސް އާއިލާގެ މޭވާއާއި އެކު ޖޫސް ނުވަތަ ސެލަޑް ތައްޔާރުކުރުމުގައި ބޭނުން ކުރެވިދާނެއެވެ. […]