ރިޒްނާ: ލޭ އަޅަމުން ޑައެލިސިސް ހަދަމުންދާއިރު ތައްޔާރުވަނީ އިތުރު އޮޕަރޭޝަނަކަށް!

ނ.ކެނދިކުޅުދޫ މަރްޔަމް ރިޒްނާ އަކީ، އާއިލާއިން މައުލޫމާތުދޭ ގޮތުގައި އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭހާ ބަލި މީހެކެވެ. ބަލިހާލަތު ހުރިގޮތުން މިވަގުތު ހިނގާ ނުއުޅެވެއެވެ. އުމުރުން 36 އަހަރުގެ ރިޒްނާ ބެލުމުގެ ޒިންމާ އުފުލަނީ އޭނާގެ މަންމަ އިނާޔާ އަބްދުއްރަހްމާން އެވެ. 'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން އިނާޔާ ފާހަގަކުރިގޮތުގައި، އޭނާގެ 9 ކުދިންގެ ތެރެއިން 3 ވަނަ އަށް ހުރި ރިޒްނާ އަކީ އެންމެ ކުޑައިރުއްސުރެ ވެސް ބަލާބެލުމަށް އެހެން ކުދިންނާ ތަފާތު ކުއްޖެކެވެ. " […]