ކަނޑުމަތީގެ ބިރުވެރި ހާދިސާ: ދެމައިންގެ ވަކިވުން، ދަތުރެއްގެ ނިމުން!

އިރު އޮއްސެނީއެވެ. އެއާއެކު އަނދިރިކަމުގެ ތެރެއަށް ކަޅު އަނދިރިކަން ވެރިވެގަތީ ވިއްސާރައިގެ ކަޅު ވިލާ ތަކުންނެވެ. ދަތުރު ކުރަމުން މިދަނީ ތ. އަތޮޅު އެތަރަވަރީންނެވެ. ހީވަނީ ކުރިމަތީން ފެންނަ ރަށަކީ ބުރުނީ ކަމަށެވެ. މިއީ މާލެއިން ފުރައިގެން ނިޔާމަ ދަތުރެއްގައި އާދެވުނު ހިސާބެވެ. މިހިސާބުން ފަޒާގެ ގަދަވަޔާއި ކަނޑުގެ ބިޔަ ރާޅުތަކުގެ މަތީގައި ބަރުބަރީ ބޯޓް ދެފުށަށް ތަޅަމުން އޮވެދެއެވެ. ޖަހާ ވިދުވަރުން ހީވަނީ ލޮލުގެ ނޫރު ހިނގައިދާނެ ހެންނެވެ. އެއާއިއެކު ގުގުރީގެ އަޑު އެހާގަދަވެފައި ރަށްރަށަށް […]