ފޮޓޯ: ހިޔާ ފްލެޓް ސަރަހައްދު ކުނިގޮނޑަކަށް ބަދަލުވަނީ!

ހިޔާ ފްލެޓް ސަރަހައްދުގެ ޓަވަރުތައް ކައިރީގައި ބޮޑެތި ކުނިފުނިތައް ހުރިއިރު، ޒީޓައިމްސް އިން އެ ސަރަހައްދަށް ދިޔައިރު ބައެއް މީހުން ކުނި އަޅަމުންދިޔަ މަންޒަރު ވަނީ ފެނިފައެވެ. އެންމެ ގިނަ އަދަދަކަށް ފެނުނީ ކަރުދާސް ފޮށިތަކާއި ކޮތަޅެވެ. އުކާލާފައިހުރި ކުނިތަކުގެ ތެރޭގައި ކާއެއްޗެހިތައް ކުނިވެފަ ހުއްޓާ ވެސް ވަނީ ފެނިފައެވެ. މިތަނުގައި ފެންނަން ހުރި ހުރިހާ ކުންޏަކީވެސް ފްލެޓްތަކުގެ މަސައްކަތަށްފަހު އުކާލާފައިވާ ކުނިކަމަށް ބެލެވެއެވެ.
ވާހަކަ: ހިތި ތަޖުރިބާ (ފުރަތަމަބައި)

ކަޅުފޮއި ރެއެއްގެ ދަންވަރެވެ. ސިއްސައިގެން ގޮސް ހޭލެވުނީ ގުގުރީގެ އަޑަށެވެ. ގަޑި ބަލާލިއިރު ގަޑީގެ ކަށި ހުރީ 3 ޖެހުމާ ކައިރިވެފައެވެ. ހަނދާނަށް އަންނަނީ މީގެ 15 އަހަރުގެ ކުރީގެ މާޒީއެވެ. އެއީ ހިތި ހަނދާން ތަކާއި ގުޅިފައިވާ ހިތި މާޒީއެކެވެ. މާޒީގެ އެތައް ސަފްހާތަކެއް އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައި ވަނީ އިހަކަށް ދުވަހު ވީ ކަމެއް ފަދައިންނެވެ. އަހަރެންގެ ހިތް ކުދިކުދިވެގެން ގޮސް ރޮވެން ފެށުނެވެ. އެ މާޒީގެ ފެށުންވެސް ހިގައިދިޔައީ މިފަދަ ކަޅުފޮއި […]