ކުއްތާއެއްގެ ސަބަބުން ފާފަ ފުއްސެވުނު އަންހެނާ

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކަކީ ފިލާވަޅުތަކެކެވެ. ނަސޭޙަތެކެވެ. އަދި އިބްރަތްތެރި ވާހަކަ ތަކެކެވެ. މި ވާހަކަތަކުން އިބްރަތް ޙާޞިލުކޮށް އޭގެ ފައިދާ ދުނިޔެމަތީ ލިބިގަތުމަށް އޮތް މަގެކެވެ. މީގެ ތެރޭގައި ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ތިބާވުމާއި އަދި ނަރަކައިގެ އަހުލުވެރިންގެ ތެރޭގައި ތިބާ ވެދާނެ ފަދަ ޢަމަލުތަކުގެ ވާހަކަތައް ހިނމެނެއެވެ. މިފަދަ އިބްރަތްތެރި އެއްވާހަކައަކީ ކުއްތާއަށް ފެން ދިނުމުގެ ސަބަބުން ފާފަ ފުއްސެވުނު އަންހެނެއްގެ ވާހަކައެވެ. އަބީ ހުރައިރާގެ ކިބައިން […]