އެވޭލާ ލޯބީގެ ވާހަކަ: ބަރުބާދުވި ދިރިއުޅުން!

އިރު އޮއްސެމުން ދިޔަ ވަގުތެވެ. ކޯރެއްގެ އައްސޭރިއެވެ. ރަތްވިލާތަކުން ހިޔަނި އަޅަމުންދާ ވަގުތެވެ. ފިނިފިނި މަޑު ވައިރޯޅި ބީހި ސަނާ ކިޔަމުން ދަނީ ފަރީދާގެ ދިގު ފަން އިސްތަށިގަނޑުގަ އެވެ. އޭނާގެ އަތް ހަރަކާތް ކުރަމުން ދަނީ މޫނުމައްޗަށް ހިޔަނި އަޅަމުންދާ އިސްތަށިތައް އެއްފަރާތް ކުރުމުގައެވެ. ޝާހިދުގެ ކުދިކުދި ލޯބީގެ ތަރާނާ ތަކުން ދެކުދިންގެ މާހައުލު ފަޅުފިލުވަމުން ދެއެވެ. ބައެއްފަހަރު ތުބުން ފުމެލައެވެ. ބައެއްފަހަރު ލޯބީގެ ޢަޒަލެއް އިއްވާލައެވެ. އަރަމުން އަންނަ ސާދަވިލޭރޭގެ ހަނދު ހެކިކޮށް ދެކުދިންގެ […]