ކޮމްޕިއުޓިންގ ދާއިރާއިން ސައިންޓިސްޓަކަށް ވުމަށް ފާރިޒް ކުރަމުންދާ މަސައްކަތް!

ކުޑައިރުއްސުރެ ކިޔެވުމުގައާއި އިތުރު ހަރަކާތްތަކުގައި ވަރަށް ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނަ އުމުރުން 13 އަހަރުގެ މުހައްމަދު ފާރިޒް އާޒިމް ގެ އަމާޒަކީ ކޮމްޕިއުޓިންގ ދާއިރާއިން ސައިންޓިސްޓަކަށް ވުމެވެ. 'ޒީޓައިމްސް' އަށް އިންޓަވިއު ދެމުން ފާރިޒް ވަނީ އެ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލް ކިޔާދީފައެވެ. ސްކޫލުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ޕްރީސްކޫލުގައި ކިޔެވި ދުވަސްވަރުން ފެށިގެން އިންޓަރ ކްލާސް ޤުރުއާން މުބާރާތްތަކުގައި އަންނަނީ ބައިވެރިވަމުންނެވެ. މިގޮތުން 2012ވަނަ އަހަރު ޒާއިލިން ޕްރީސްކޫލުގެ އިންޓަރކްލާސް ޤުރުއާން މުބާރާތުން […]