ހިތި ތަޖުރިބާ (ތިންވަނަބައި)

އަހަރެން ބަލިވެއިން ޚަބަރު އަހަރެންގެ އާއިލާއަށް އަންގަން ކިތަންމެ ބޭނުންވިއަސް އަހަރެންނަށް މިއަދު އެހިތްވަރެއް ނުލިބުނެވެ. އަހަރެން މަންމަގެ ވާން އުޅޭ ފުރަތަމަ މާމަ ދަރިފުޅު ދެކެން މަންމަވެސް ބޭނުންވާނެކަން ޔަގީނެވެ. ކިތަންމެ ނުރުހިގެން ކުރި ކައިވެންޏަކަސް މައިންބަފައިން ދަރިންދެކެ ވާލޯތްބަކަށް ބަދަލެއް ނާންނާނެތާއެވެ. އަހަރެން ބަލިވެއިން ފަހުން ވަރަށް ހޮޑުލެވެއެވެ. އަބަދުވެސް އޮންނަނީ އޮށޯވެގެންނެވެ. ނާޒިމްގެ އަންހެން ކޮއްކޮވެސް ބަނޑުބޮޑެވެ. ނާޒިމްގެ މަންމަ އަހަރެންނާއި ނާޒިމް ކޮއްކޮއަށް ކެވޭނެ ކަހަލަ އެއްޗެހި ކައްކަދީހަދައެވެ. މިހާރު އަހަރެންގެ […]