ހުޅުމާލޭ ރަށު މާރުކޭޓު: ތަފާތު ގިނަ ބާވަތްތަކެއް ތާޒާކޮށް ލިބޭ މާރުކޭޓެއް!

ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓަކީ ބަލާބެލުމަށް ވަރަށް ރީތިކޮށް ހަދާފަ ހުންނަ ސާފުތާހިރު މާރުކޭޓެކެވެ. ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން ވެސް މާރުކޭޓު ގޮޅިތަކުގައި އެއްޗެހި ވިއްކުމުގައި ހަރަކާތްތެރިވާއިރު، މި މާރުކޭޓަކީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓަށްވުރެ ތަފާތު ގިނަ ބާވަތްތައް ތާޒާކަމާއެކު ލިބެންހުރި މާރުކޭޓެކެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މައުލޫމާތުދޭގޮތުގައި ރަށު މާރުކޭޓުގައި 62 ގޮޅި ހުރިއިރު އޭގެތެރެއިން 53 ގޮޅި ޚާއްސަ ކޮށްފައިވަނީ ތާޒާ ކަނޑުމަހާއި، ކެއުމަށް ބޭނުންކުރާ ބާވަތްތައް ވިއްކުމަށެވެ. އަދި […]