ހިތި ތަޖުރިބާ (ހަތަރުވަނަ ބައި)

"ރާއްޖެތެރޭ މީހުން ވިއްޔާ އައިސް މިއުޅެނީ މިތަނުގައި ގަދަވެގަނެގެން.. އަހަރެންނަށް ކައްކާފައި ކާންދީ ކަންކަމެއް ނުކޮށްދެވޭނެ.. ރަށަށް ގޮސް އަމިއްލަ މަންމައަށް ދަރިން ބަލަން ޖެއްސިއްޔާ މާރަގަނޅެއްނު... މިބަސްތައް އަހަރެންގެ ކަންފަތަށް އަޑު އިވިގެން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. މިބަސްތަކަކީ ނާޒިމްގެ މަންމަ އަހަރެންގެ ދަރިފުޅާއި ދިމާލަށް ބުނަމުންދިޔަ ބަސްތަކެކެވެ. އަހަރެން ގޮސް ގެއަށް ވަނުމާއެކު، ދަރިފުޅު މަންމީއޭ ކިޔާފައި ރޯން ފެށިއެވެ. އަދި ބުނެލިއެވެ. "މާމި ކޮއްކޮ ދެކެ ރުޅިއައީ އަދި ކޮއްކޮގެ ރަށަށް […]