ރާނބާ އާއި ހުވަނދުމަލުގެ ދެބަސްވުން

ރާނބާ ފަތް އެއްދުވަހަކު ހަވީރު ނަލަ ހެދިލައިގެން ހިނގާލަން ދިޔައެވެ. ރާނބާ ހިނގަމުން ދަނިކޮށް ގެއެއްގެ ފާރުކައިރީގައި އިން ހުވަނދުމާ ގަހަކަށް ރާނބާ ފެނިގެން ރާނބާ އަށް ގޮވާލިއެވެ. ހުވަނދުމާ ގަސް: ރާނބާ ތިޔަދަނީ ކޮންތާކަށް މާނަލަހެދިލައިގެން. ރާނބާ: މިދަނީ ފިނި ބުރެއް ޖަހާލަން. ހުވަނދުމާ: ރާނބާ އަށް ވަރަށް ވަގުތު ލިބޭދޯ ރާނބާ ބޭނުންކުރާ މީހުން މަދުވީމަ. ރާނބާ: ނޫނޭ އަހަރެން ބޭނުން ކުރާ މީހުން މާގިނަވާނެ ހުވަނދުމަލަށްވުރެ. މަގޭ ފަތުން ސިރަޕް ވެސް ތައްޔާރުކުރޭ. […]
މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ފައިސާ އާއި ސިޔާސީ ނުފޫޒު ބޭނުންކުރޭ!

މިއަދުގެ ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. މުސްލިމް އަޚުންނޭވެ. މާތް ﷲ ދިވެހިރާއްޖެ އަށް އިސްލާމީ ނޫރުގެ އަލިކަން މިންވަރު ކުރެއްވުމުގެ މަތިވެރި ނިޢުމަތަށް ޝުކުރުވެރިވުމަކީ އެންމެންގެ ވާޖިބެއްކަން ހަނދާން ކުރާށެވެ. އެ ނިޢުމަތަށް ޝުކުރުވެރިވުމަކީ މި ލޮބުވެތި ވަޠަނުގައި އެދީނުގެ ޝިޢާރުތައް ފާޅުކޮށް ދަމަހައްޓަން މަސައްކަތް ކުރުމެވެ. " މި ގައުމަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާތީ އެކަމާ ދެކޮޅުހަދާ ބަޔަކު އެބައުޅޭ. ސައްތައިން ސައްތަ ސުންނީ ޤައުމަކަށް ވާތީ އެކަމާވެސް ހަސަދަވެރިވާ ބަޔަކު އުޅޭ. […]