ވީޑިއޯ: ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުޅުވި ފައްވާރު

އަޅުކަން ކުރުންމަތީ ދެމިހުންނަ ޒުވާނާއަށް ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެ!

ދިވެހިރާއްޖެ މިއަދު ވަނީ، ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި، ތަހުޒީބުގެ އާ އުސްމިންތަކަށް ވާސިލުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ. " މި މަސައްކަތްތައް ކާމިޔާބީއާ ހަމައަށް ގެންދެވޭނީ މުހިންމު ރުކުންތަކެއް ފުރިހަމަވެގެން. އޭގެތެރެއިން އެންމެ މުހިންމު ރުކުންތަކަކީ، އަދުލުވެރިވުމާއި، އިންސާފު ޤާއިމްކުރުމާއި، ހެޔޮކަންކަމަށް އަމުރުކުރުމާއި، ނުބައިކަންތައްތައް ނަހީކުރުން. ޢަދުލުވެރިކަން ނެތް މުޖުތަމައެއްގައި ސުލްހަވެރިކަމެއް ނޯންނާނެ." ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައިކަންކަން ހުއްޓުވުމަކީ އިސްލާމީ މުޖުތަމައެއްގެ އެންމެ އިސް ރުކުނެވެ. […]