ވެއްޓުން 1: އާދަމްގެފާނާއި އިބިލީހުގެ ވާހަކަ

ކީރިތި ޤުރްއާނުގައި އާދަމް ޢަލައިހި ސަލާމްގެ ވާހަކަ، ﷲ ހަތް ފަހަރު ބަޔާންކުރައްވައެވެ. އެކަމަކު އެކަލޭގެފާނުގެ ވާހަކަ ތަފުސީލުކޮށް ބަޔާންކޮށްދެއްވާފައިވަނީ ބަޤަރާ ސޫރަތާއި އަޢުރާފް ސޫރަތުގައެވެ. މިވާހަކަ ބަޤަރާ ސޫރަތުގައި ތަފުސީލުކޮށްދެއްވާފައިވަނީ މަލާއިކަތް ބޭކަލުންގެ ނަޒަރުންނެވެ. ވާހަކަ ފައްޓަވަނީ ބަޤަރާ ސޫރަތުގެ 29 ވަނަ އާޔަތުންނެވެ. މިއާޔަތުގައި ބިމާއި އުޑުތައް ﷲ ހެއްދެވިކަން އަންގަވައެވެ. އަދި ބިމުގައި ލެއްވި ކޮންމެ އެއްޗެއް ލައްވާފައިވަނީ އިންސާނުންނަށްޓަކައިކަން ސާފުކޮށްދެއްވައެވެ. މިއިން ލިބޭ އެއް ފިލާވަޅަކީ ދުނިޔޭގައިވާ މުއްސަނދިކަން މުޅި އިންސާނީ […]
ހިތި ތަޖުރިބާ (7)

އަހަރެން އަނެއްކާވެސް ވާހަކަދެއްކީމެވެ. އެކޮޅުން އަޑު އިވެނީ ގިސްލަ ގިސްލާފައި ރޯއަޑެވެ. އަހަރެން އަހާލީމެވެ. ތީ ކޮންބޭފުޅެއް؟ 'އަހަރެން މިހޯދަނީ އަހަރެންގެ ދަރިފުޅު ނާޒިމް. އަހަރެން ބޭނުންވަނީ އެދަރިފުޅު ކޮބައިތޯ ބަލަން'.... އެހިސާބަށް ވާހަކަ ދިޔަތަނާ ނާޒިމްގެ ލޯ ތޮޅެލިތަން ފެނުނެވެ. އަހަރެންގެ ހިތް އަވަސްވާން ފެށިއެވެ. ކުއްލިއަކަށް ނާޒިމް އެނދުން ފައިބަން މަސައްކަތް ކުރިއެވެ. އަހަރެންގެ އަތުން ފޯނު ވެއްޓުނެވެ. އޭރުވެސް ފޯނުން ހަލޯ އޭ ކިޔާއަޑު އިވެއެވެ. އަހަރެންގެ ސަމާލުކަން ހުރީ ނާޒިމް އާއި […]