ތައުލީމް ހާސިލުކުރުމަށް ވަކި އުމުރެއް ނެތްކަން ސާބިތުކޮށްދިނީ 87 އަހަރުގެ މިމީހާ!

ކިޔެވުމަށް ވަކި އުމުރެއްނެތެވެ. ކާމިޔާބު ހޯދުމަށް ދިރިއުޅުމުގައި މަސައްކަތްކުރާ މީހުން ވަރަށްގިނަ އެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާހުރެ ކާމިޔާބީއާއި ހަމައަށް ވާސިލުނުވެވުނު ކަމުގައިވިއަސް ހިތްވަރު ދޫނުކުރާށެވެ. މިއީ ވެސް ހިތްވަރާއެކު މަސައްކަތްކުރުމުން ކާމިޔާބު ލިބުނު މީހެއްގެ ވާހަކައެވެ. ސްރީލަންކާގައި ކުރިއަށްގެންދިޔަ ތަމަޅަ ޓައިގަރުންގެ ހަނގުރާމައިގައި އެތައްހާސް މީހުން ވަނީ މަރުވެގެން ގޮސްފައެވެ. ހަނގުރާމަ އާއި ބެހޭ ހޯދުންތައް ހޯދަމުން އައި ސްރީ ލަންކާގެ ވެލަނައި އަށް އުފަން 87 އަހަރުގެ ވަރަތަ ޝަންމުގަނަތަން ވަނީ 2004 ވަނަ […]
މިޞްރުގެ ފިރުޢައުނުގެ އަނބިކަނބަލުން؛ އާސިޔަތުގެފާނުގެ ވާހަކަ

އީމާންތެރިކަމާއި، އިސްލާމްދީނުގެ ރިވެތި ނަމޫނާ ދެއްކެވުމުގައި އަރާ ހުންނެވި ހަތަރު އަންހެން ޞާހިބާއިންގެ ތެރެއިން ހިނމެނިވަޑައިގަންނަވާ ކަމަނާއަކީ ފިރުއައުނުގެ އަނބިކަމަނާ އާސިޔަތުގެފާނެވެ. މާތްﷲ ޞުބުޙާނަހޫ ވަތަޢާލާވަނީ އާސިޔަތުގެފާނު މާތް ކުރައްވައި މަތިވެރި ކުރައްވާފައެވެ. ދުނިޔޭގައި ލައްވާފައިވާ އެހެން އަންހެން ކަމަނާއިންނަށް ނުދެއްވާ ދަރަޖައެއް އެކަމަނާއަށް ދެއްވިއެވެ. މަތިވެރި ދަރަޖައެއް ދެއްވިއެވެ. އަދި މުއުމިނުތަކުންނަށް މިސާލު ޖައްސަވައި ކީރިތި ޤުރްއާނުގައި އެކަމަނާއަށް ތަޢުރީފުގެ ބަސްފުޅު ވަޙީ ކުރައްވާފައިވެއެވެ. އެކަމަނާއަކީ، މިޞްރުގެ ފިރުޢައުނުގެ އަނބިކަނބަލުންނެވެ. މިޞްރުގެ ވެރިއަކަށް އޭރު ހުރި […]