އިޖުތިމާޢީ ފޭރާންވީދި ކުދިކުދިވަނީ، ދަރިންނަށް ސަމާލުވަމާ!

ހަނދާނަށް އަންނަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަހު އެއިރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު ވަހީދު ކުރެއްވި އިލްތިމާސެވެ. ޤައުމުގެ އިޖުތިމާޢީ ފޭރާން، މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ރާއްޖޭގެ މުދައްރިސުންނަށާއި، ސްކޫލްތައް ހިންގަވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދުވަހު އިލްތިމާސްކުރައްވާފައެވެ. " ރާއްޖެއަށް މިއަދު އެކި ބަދަލުތައް އަންނަމުންދާއިރު، ދަރިވަރުންގެ އުޅުމާއި އަޚްލާޤަށް އަންނަމުންދާ ބަދަލުތަކާމެދުވެސް ވަރަށް ފުންކޮށް ވިސްނަން އެބަޖެހޭ. އެކުދިންނަކީ ރިވެތި އަޚްލާޤެއްގެ މަތީގައި ބޮޑެތިވާ އަދި ސްކޫލްތަކުގެ […]