ކުޑަކުދިންގެ ހާދިސާ: އަލީގެ އާފަލާއި ތެދުވެރި މީދާ

ރަށެއްގެ މޫދު ކައިރީގައި ދިރިއުޅޭ މީދަލެކެވެ. މި މީދާ ދުވަހަކުވެސް މީހަކަށް އުނދަގުލެއް ނުކުރާނެއެވެ. މަކަރެއް ނަހަދާނެއެވެ. އަދި ވަގަށް ގެއަކުން ކާއެއްޗެއް ވެސް ނުނަގާނެއެވެ. އެހެންވެ މިމީދާ ކައިއުޅެނީ ގޮނޑުންނެވެ. ބޭނުންނެތިގެން މީހުން އުކާލާ ކާއެއްޗެއް ލިބުނިއްޔާއެވެ. އެއްދުވަހަކު މީދާ ވަރަށް ބަނޑުހައިވެގެން ކުނިގޮނޑު ކައިރީގައި ބަލަން އޮތްވާ 12 ވަރަކަށް އަހަރުގެ ކުޑަފިރިހެން ކުއްޖަކު 3 ކޮތަޅު ހިފައިގެން އައިސް ކުނިގޮނޑު ކައިރީގައި ބަހައްޓާފައި ހިނގައިގެންފިއެވެ. މީދާ ކޮތަޅުތައް ކައިރިއަށް ގޮސް ކާއެއްޗެއް ހުރިތޯ […]
ވެއްޓުން 2: އާދަމްގެފާނާއި އިބިލީހުގެ ވާހަކަ

އާދަމްގެފާނު އުފައްދަވަން ﷲ އިޢުލާންކުރެއްވުމުން މަލާއިކަތުން އެކަމާ ކަންބޮޑުވެވަޑައިގެން ﷲ އަށް ޝަކުވާދެންނެވިއެވެ. އެއީ ފުރަތަމައަށް ދުނިޔެ ފަސާދަވިފަދައިން ދެވަނަ ފަހަރަށް ދުނިޔެ ފަސާދަވެދާނެތީއެވެ. ފުރަތަމަ ﷲ ބިމުގައި ލެއްވީ ޖިންނިއެވެ. ޖިންނީން ތަޅާފޮޅާ ހަނގުރާމަކޮށް ލޭއޮހޮރުވައި ބިމުގައި ފަސާދަކުރިއެވެ. ނަތީޖާއަކަށްވީ ﷲ މަލާއިކަތުން ފޮނުއްވައި ދުނިޔޭގައި ސުލްހައާއި އަމާންކަން ގާއިމުކުރެއްވުމެވެ. މަލާއިކަތުން ތާއަބަދު ﷲ އަށް ޙަމްދުކުރައްވައި ތަސްބީހަ ދަންނަވައި ތަޤުދީސްކުރައްވަނިކޮށް ދުނިޔެ ފަސާދަވުމަކީ އެބެއިކަލުން އެދިވަޑައިގަންނަވާ ގޮތެއްނޫނެވެ. އެބެއިކަލުން ދެކެވަޑައިގަތީ ﷲ އިޚުތިޔާރު ދެއްވާފައި […]