ފޭކް އެސްފިޔަ ބޭނުންކުރުން ރައްކާތެރިތަ؟

ފޭކް އެސްފިޔަ ނުވަަތަ އަސްލުނޫން އެސްފިޔަ ބޭނުންކުރުމުން ގުދުރަތީ އެސްފިޔަތަކަށް ބޯކަން ގެނެސްދެއެވެ. އަންހެނުންނަކީ މޫނުގެ ރީތިކަމަށް ހާއްސަ ސަލާމުކަމެއް ބަހައްޓާ ބަޔަކަށްވެފައި ހާއްސަ ހަފްލާތަކާއި ޕާޓީތަކަށް ނުވަތަ އެނޫންވެސް ތަންތަނަށްދާއިރު ޒީނަތްތެރިވުމުގެ ގޮތުން ފޭކް އެސްފިޔަ ބޭނުންކުރުމަކީ އާންމު ކަމެކެވެ. ފޭކް އެސްފިޔަ ޖަހައިގެން އެހެންމީހުންގެ ސަމާލުކަން ހޯދިދާނެއެވެ. އެހެންނަމަވެސް ލޮލުގެ ޑޮކްޓަރުންދޭ އިންޒާރުތަކަށް ސަމާލުކަން ދިނުންވެސް މުހިންމެވެ. މި ޒާތުގެ އެސްފިޔަ ބޭނުން ކުރާނަމަ އެއީ ކިހާ ރައްކާތެރި އެއްޗެއްތޯ ބެލުން ވަރަށް މުހިންމެވެ. […]
ހިތި ތަޖުރިބާ 9

އެމީހެއްގެ ރުއިމުގެ އަޑު އަނެއްކާވެސް ގަދަވަމުން ގޮސް ކުއްލިއަކަށް ހުއްޓިއްޖެއެވެ. އަހަރެންގެ ހިތަށް ވެރިވަމުންދިޔަ ހާސްކަމާއި ބިރުވެރިކަން ކޮޅުންލައިފިއެވެ. ލަމްހާ އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން ހުއްޓެވެ. ދެމީހުންވެސް ތިބީ ބިރުންނެވެ. ނާޒިމް ފެނޭތޯ އަނެއްކާވެސް ކުރިއަށް ހިނގައިގަތީމެވެ. ގުގުރީގެ އަޑުވެސް ގަދަވަމުންދާން ފަށައިފިއެވެ. ކުއްލިއަކަށް މީހެއްގެ ހިލަމެއްވީހެން ހީވިއެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަނބުރާ އައިކޮޅަށް ދާން ހިނގައިގަންނަންވެސް ބޭނުންވިއެވެ. ނަމަވެސް އަދިވެސް ނާޒިމް ފެނޭތޯ ހިނގަން ފެށީމެވެ. ކުއްލިއަކަށް ލަމްހާ ހަޅޭލަވައިގަތެވެ. […]