އަޒްޔާންގެ ވޭނީ ދުނިޔެ: އެދެނީ ފަރުވާއަށް ދީލަތި އެހީއެއް!

ހަތަރު އަހަރުގެ މުހައްމަދު އަޒްޔާން އަލީ އަކީ އުފަންވީންސުރެ ނިދަން އުނދަގޫވާ ކުއްޖެއް ކަމަށް އޭނާގެ މަންމަ ބުނެއެވެ. "ފުރަތަމަ ހީކުރީ ގާތުން ރަނގަޅަށް ނުދެވޭތީއޭ. އެކަމަކު ގާތުން ރަނގަޅަށް ލިބެން ފެށީމަވެސް ނުނިދޭ" ކަމަށް އޭނާގެ މަންމަ ފާތިމަތު އިހްސާނާ ބުންޏެވެ. ދަރިފުޅަށް ހަމަނިދި ނުލިބޭތީ އިހްސާނާ އާއި އޭނާގެ ފިރިމީހާއަށް ވެސް ހަމަނިދި ނުލިބި އަބަދުވެސް ކޮންމެވެސް އެކަކު ހުންނަންޖެހެނީ ހޭލައެވެ. ހޭލެވޭއިރަށް އަޒްޔާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެތީ އެކަމުގެ ބިރުގައެވެ. ދެދަރިންގެ މައިންބަފައިން […]
އެވޭލާ ވާހަކަ: ފަރަހަނާޒުގެ ގަތުލު 2

އަހުމަދުވެސް ސާބިތުކަމާއެކު ރަށުތެރޭ އެއްގެއިން އަނެއްގެއަށް ވަދެ އެދެމީހުންނަށް އަނިޔާކުރީ ހާދަ ގޯސް މީހެކޭ ކިޔާފައި ވާހަކަ ދައްކައެވެ. އަދި ހިތާމަވެރި ފަރަހަނާޒުގެ ގަތުލުގެ ވާހަކަވެސް ދައްކާ އެއާއިލާއަށް ހަމްދަރުދީ ފާޅުކުރަމުން ދެއެވެ. ފަރަހަނާޒު އާއި ތަސްލީމާ ގެއްލުނު ހާދިސާގެ އިތުރަށް މިދެފަރަންޖީންނަށް ހަމަލާދިނުމުން މުޅިރަށަށް ވެރިވެފައިވަނީ ފުންހިތާމައެކެވެ. މުޅިރަށް ވަނީ ކަޅުއަނދިރިކަމެއްގެ ތެރޭގައެވެ. މަގުމަތިން ދިރޭފުރާނައެއް ނުފެނެއެވެ. އަހުމަދު ބޭރަށް ނުކުމެފައި މުފީދު މަތިން ހަނދާންވިއެވެ. ކަޅުއަނދިރީގައި ހިނގާފަގޮސް މުފީދުގެ ގޭގެ ދޮރުގައި ޓަކިދިނެވެ. ގަޑިން […]