ފޮޓޯ: ރައީސް ޔާމީން މިނިވަންވުމުން ސަޕޯޓަރުންނާއެކު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ސުޕްރީމްކޯޓުން ބާތިލްކުރުމާއިގުޅިގެން އެމަނިކުފާނު މިނިވަންވީ މިއަދު މެންދުރުފަހުއެވެ. މިނިވަންވުމާއެކު ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އުފާފާޅުކުރުމަށް އެމަނިކުފާނުގެ ގެކޮޅު ހުންނަ ސަރަހައްދަށް އެއްވެފައެވެ. ތިރީގައި މިވަނީ މަރުހަބާ ދެންނެވުމަށް އެއްވި ސަޕޯޓަރުންނާއި ރައީސް ޔާމީން ބައްދަލުކުރެއްވިއިރު ނަގާފައިވާ ފޮޓޯތަކެވެ. ފޮޓޯ: ޝުހޫ
ފައްވާރުގެ ޖާދޫގައި ގިނަބަޔަކު ޖެހިފައިވާއިރު، ސަމާލުކަން ދޭންވީ ކަންތައްތައް!

ވަށައިގެން ފެންނަނީ އެކި އުމުރުފުރައިގެ މީހުންނެވެ. ބިޔަގަސްތަކުގެ ކައިރީގައި ބަހައްޓާފައި ހުރި ގޮޑިތަކުގައި އެއްބަޔަކު އިށީދެގެން ތިބިއިރު، ކުދިވެރިން ދުވެ ފުމެ މަޖާކުރުމުގައި އުޅެއެވެ. ދުޅަހެޔޮ ސިއްޙަތަކަށް ކަސްރަތުކުރުމުގައި ބައެއް މީހުން ބުރަކޮށް އުޅުނުއިރު، ބައިސްކަލާއި ސްކޫޓަރ ދުއްވުމުގައި ގިނަ އަދަދެއްގެ ކުދިން އުޅުނު މަންޒަރު ވަނީ ފެނިފައެވެ. އުފަންދުވަހާއި ގްރެޖުއޭޝަން ފޮޓޯފަދަ ފޮޓޯ ޝޫޓްތައް ނެގުމުގައި ބައެއް މީހުން އުޅުނުއިރު، އެކިއުމުރުގެ ކުދިންތައް ތެމި ފޯރި ނަގަނީއެވެ. މިއީ ހުޅުމާލޭގައި ހުންނަ ސެންޓްރަލް ޕާކަށް ޒިޔާރަތްކުރުމުން […]