ދެފަހަރު ބޯފަޅައިގެންދިޔަ، ފަސްނުޖެހި ކުރި ހިތްވަރުން ރާއްޖެއިން 1ވަނަ!

ރާޅާއެޅުމުގެ ގައުމީ މުބާރާތުގެ ޝޯޓްބޯޑް ކެޓެގަރީގެ ޗެމްޕިއަންކަން މިއަހަރު ނޮވެންބަރު މަހު ހޯދި ހޫދު އަހްމަދު ބުނާގޮތުން އޭނާ ވިހެއީ ވެސް ކަނޑުމައްޗަށެވެ. އަދި އުޅެ ބޮޑުވީވެސް ކަނޑުގައެވެ. ކާމިޔާބީގެ ފަހަތުގައިވާ ސިއްރުތައް އޭނާ ވަނީ ތަފްސީލްކޮށް 'ޒީޓައިމްސް' އަށް ކިޔައިދީފައެވެ. ގދ. ގައްދޫ އަށް އުފަން ހޫދު ދިރިއުޅެމުންދާ އޭނާގެ މައިންބަފައިންގެ ގެ ހުންނަނީ ގޮނޑުދޮށާ ވަރަށް ކައިރީގައެވެ. ކޮންމެ އަހަރެއްގެ ޖޫން ޖުލައިމަހު އުޅެންޖެހެނީ އެއްގަމަށް ރާޅުއަރާތީ ރާޅުގެތެރޭގައެވެ. އަދި ގެ ދޫކޮށްފަ އެހެން […]
އެންމެ ރީތި ސާމަރާ ދޫނީގެ މައުލޫމާތު: ފިޔަގަނޑު ރީތީ ފިރިހެން ދޫނީގެ!

އެންމެ ރީތި ފިޔަގަނޑުލީ ދޫނިތަކުގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދައި ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާ ސާމަރާ ދޫނި ނުވަތަ ޕީކޮކުގެ ފިޔަގަނޑު ރީތިކޮށް ހުންނަނީ އޭގެ ފިރިހެން ދޫނީގައެވެ. ޕީކޮކް ކިޔަނީވެސް ފިރިހެން ދޫންޏަށެވެ. އަންހެން ދޫންޏަށް ކިޔަނީ ޕީހެން އެވެ. ސާމަރާއި ދޫންޏާއި ގުޅޭގޮތުން އާންމުންނަށް ނޭނގޭ ގިނަ މައުލޫމާތުތަކެއް މިރިޕޯޓުގައި ހިމަނާލާނަމެވެ. ސާމަރާ ދޫނީގެ އަންހެން ނުވަތަ ފިރިހެން ދޫނި ވަކިކުރަން ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި، އޭގެ ފިޔަގަނޑު ފަހަތަށް ދިގުކޮށް ފެހި […]