ވެއްޓުން 3: އާދަމްގެފާނާއި އިބިލީހުގެ ވާހަކަ

އިބިލީހަށް ވިސްނުނުގޮތުގައި ފަހަކީ ނުވަތަ މަށްޓަކީ ވަރަށް ދެރަ އެއްޗެކެވެ. އެހެންވެ ފަހުން އުފައްދަވާފައިވާ މަޚުލޫގަކަށް ސަޖިދަކުރަން އޭނާ ދެކޮޅު ހެދިއެވެ. އެކަމަކު އޮތީ އެހެން ނޫންކަން ވިސްނާލި ކޮންމެ މީހަކަށް އެނގޭނެއެވެ. ބިމުގައިވާ ފަހުގެ މޮޅުކަމާމެދު ވިސްނާލަމާ ހިނގާށެވެ. މިބިމުގައި ﷲ އަޖާއިބުން ފުރިފައިވާ ރީތިކަން ލެއްވިއެވެ. އެހުރިހާ ރީތިކަމެއް ކަހަލަގޮތަކަށް މިއަންނަނީ ގަސްގަހާ ގެއްސާއި މާމެލާމެއްޔާއި ޖަނަވާރު ސޫފާސޫފިންނެވެ. ގަސްގަހާ ގެހި ފަޅަނީ ފަހުންނެވެ. އެތަކެއްޗަށް ފަސްގަނޑުގައި ދިރުންދެނީ ފެނެވެ. ޖަނަވާރު ސޫފާސޫފީގެ އެތައް […]