ކުޑަކުދިންގެ ހާދިސާ: ރިފްގާ އަށް އަނބުޅަ މީރުވިގޮތް

ރިފްގާގެ މަންމައާއި ބައްޕަގެ ހުންނަނީ ރިފްގާ އެކަންޏެވެ. ސްކޫލުން ލިބޭ ކޮންމެ ޗުއްޓީއެއްގައި ވެސް ރިފްގާ ގޮވައިގެން ރިފްގާގެ މަންމަމެން ކޮންމެވެސް ރަށަކަށް ނުވަތަ ރާއްޖެއިން ބޭރަށް ދެއެވެ. އެއްފަހަރަކު ރިފްގާ މަންމައާއި އެއްކޮށް ލަންކާއަށް ދިޔައެވެ. ލަންކާގައި ރިފްގާމެން ތިބީ ލަންކާގައި ދިރިއުޅޭ އޭނާގެ މަންމަގެ ރައްޓެއްސެއްގެ ގޭގައެވެ. އެގޭގައި ވަރަށްބޮޑު ހުސްތަނެއް އޮވެއެވެ. ތަފާތު ވައްތަރުތަކުގެ މާގަސްތަކާއި މޭވާއަޅާ ފާޑުފާޑުގެ ގަސްތައްވެސް ބައިވަރު ހައްދާފައި އޮވެއެވެ. ގަސްގަހުގައި ހުންނަ މޭވާތައް ކާން ތަފާތު ދޫނިތަކާއި […]
ހިތި ތަޖުރިބާ 10

ބައްޕަގެ އަޑު އަންނަ ދިމާލަށް ދުއްވައިގަތީ ހާސްކަމާއި ބިރުވެރި ކަމެއްގައި ހުރެގެންނެވެ. ބައްޕަ އަހަރެން ފެނުމުން ދަރިފުޅާއޭ ކިޔައިފައި ރޮއިގަނެފިއެވެ. ވެގެންއުޅޭ ގޮތަކާއި ވާންވީގޮތެއް ނޭނގިގެން އަހަރެން ބިރުގަތެވެ. "ނާޒިމް ފެނިއްޖެތަ" އަހަރެންނަށް މިހެން އަހާލެވުނެވެ. ބައްޕައަށް ވާހަކަދެއްކޭ ވަރެއް ނުވިއެވެ. ރޮވޭވަރުންނެވެ. އަހަރެން އިތުރަށް ހާސްވާން ފެށިއެވެ. "ދަރިފުޅާ ނާޒިމް، ދަރިފުޅާ ނާޒިމް.... " މިހާ ހިސާބަށް ބުނެވުނު ތަނާ ބައްޕަ އަނެއްކާވެސް ހުއްޓުން އެރިއެވެ. އަހަރެން ބައްޕަ އަތުގައި ހިފާލާފައި ބުނެލީމެވެ " ބައްޕާ […]