މި ތާރީޚީ ބިނާ ޚާއްސަވަނީ ކީއްވެ؟

އިންޑިއާގައި ހުންނަ ތާޖް މަހަލްއޭ ބުނުމުން އިތުރު ތައާރަފަކަށް ބޭނުންނުވާހާ އެތަން މަޝްހޫރެވެ. ޚާއްސަކޮށް ލޯބިވެރިންގެ މެދުގައެވެ. އަދި އެއީ އެހާވެސް ރީތި ތަފާތު ތަނެކެވެ. 350 އަހަރަށްވުރެ ގިނަދުވަސްވީ މި ތާރީޚީ ބިނާ އެހާ ޚާއްސަވަނީ ކީއްވެހެއްޔެވެ. ސަބަބަކަށް ވަނީ އިންޑިއާގައި ރަސްކަން ކުރެއްވި ޝާހު ޖަހާން އެންމެ ލޯބިފުޅުވި އަނބިކަނބަލުން މުމްތާޒް މަހަލްގެ ހަނދާނުގައި އެތަން ބިނާކުރެއްވުމެވެ. ތާޖް މަހަލް ބިނާކުރި ސަބަބު؟ ރިޕޯޓްތައް ބުނާގޮތުގައި މުމްތާޒް އަވަހާރަވީ އާލާސްވެއިންނަވަނިކޮށް ކުރިމަތިވެވަޑައިގެންނެވި ސިއްޙީ މައްސަލަތަކެއްގެ […]
ތަޖުރިބާކުރުމުގެ ގޮތުން ހިނި ގެންގުޅޭ ޑރ.ފައިޝަމް ދުޅަހެޔޮ ދިރިއުޅުމަކަށް ދޭ މެސެޖު!

ޑރ. މުހައްމަދު ފައިޝަމް އަކީ އެތެރެހަށީގެ ބަލިތަކަށް ފަރުވާ ދެއްވުމަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރެކެވެ. 'ޒީޓައިމްސް' ގެ ސިއްޙަތު ކެޓަގަރީ މިފަހަރު މި ޚާއްސަ ކޮށްލަނީ މާލެ އަށް އުފަން ޑރ.ފައިޝަމް މި ދާއިރާއަށް ވަދެވުނު ގޮތާއި ދެއްވަން ބޭނުންފުޅުވާ މެސެޖް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ. އެތެރެހަށީގެ ޑޮކްޓަރަކަށް ވެވުނީ ކިހިނެއް؟ އިސްކަންދަރު ސްކޫލާއި ތާޖުއްދީން ސްކޫލުގެ އިތުރަށް މަޖީދިއްޔާ ސްކޫލުން ތަޢުލީމް ހާސިލުކުރެއްވި ޑރ. ފައިޝަމް ސްކޫލު ދައުރަށްފަހު ފުރަތަމަ ވަޒީފާ އަދާކުރެއްވީ އައިޖީއެމްއެޗްގެ […]