ފުރަތަމަ ދަރިފުޅު މަރުވެ ލިބުނު 3 ވަނަ ދަރިފުޅުވެސް ބޮޑު ވޭނެއްގައި!

ޏ.ފުވައްމުލަކަށް އުފަން އުމުރުން 30 އަހަރުގެ ހައްވާ ޢުލާ އިބްރާހީމް އާއި 33 އަހަރުގެ ފަރަހް ވަހީދަކީ ހިތްވަރާއެކު ލޯބިން ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. މި ދެމަފިރިންނަށް މީގެ 10 އަހަރު ކުރިން ލިބުނު ފުރަތަމަ ދަރިފުޅު ވަނީ އުމުރުން 6 މަހުގައި މަރުވެފައެވެ. މަރުވި އެ ފިރިހެން ދަރިފުޅު އުފަންވިތާ 3 ވަނަ ދުވަހުން ފެށިގެން ފަރުވާހޯދަމުން ދިޔައީ އިންޑިއާގައެވެ. " ފުރަތަމަ ދަރިފުޅުވެސް ވިހޭއިރުން ފެށިގެން އޮތީ 3 ވަނަ ދަރިފުޅު މިހާރު އެއޮތްގޮތަށް. […]
ހާދިސާ: ކާޑާއި ކަރޑްގެ ތަފާތު ސޭޓަށް ވިސްނަދޭނީ ކިހިނެއް

ހުކުރު ދުވަހެއްގެ ހެނދުނެވެ. މާއިރާއެކު މީހުން ވިޔަފާރިކުރުމުގައި އަވަދިނެތި އުޅެމުންއައެވެ. މެންދުރުވުމުގެ ކުރިން ފިހާރަތައް ބަންދުކުރާތީ އަވަހަށް ވިޔަފާރިކޮށްލުމަށެވެ. އާދައިގެ މަތިން އަހަރެންވެސް ގެއިން ނިކުތީ މެންދުރުގެ ނާސްތާއަށް ކޮންމެވެސް އެއްޗެއް ގަނެލުމުގެ ނިޔަތުގައެވެ. އެގޮތުން ކާބޯތަކެތީގެ ބާވަތްތައް ވިއްކާ ފިހާރައަކަށް ވަނީމެވެ. އޭރު ގަޑިން އެގާރަޖަހަން ކައިރިވެއްޖެއެވެ. ވިޔަފާރިކުރުން ބަންދުކުރާ ގަޑި ކައިރިވާތީ އަހަރެން ވަން ފިހާރައިގައިވެސް ދެތިން މީހުން ވިޔަފާރިކުރަން ތިއްބެވެ. ފިހާރައަށް ވަދެ ކަރާ ކިލޯއެއްގެ އަގު އެހުމަށްފަހު ދޮންކެޔޮ ކިލޯއެއްގެ އަގު […]
ބުއްދިވެރިއަކީ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި މަސައްކަތްކުރާ މީހާ

ދުނިޔޭގެ ހަގީގަތަކީ ވަރަށް ރީތި އެހެންނަމަވެސް އެހާ އަވަހަށް ހަލާކުވެ ފަނާވެދަނިވި ވަގުތީ އުފަލެއްދޭ ތަނެކެވެ. ދުނިޔެއަކީ ވާދަވެރިކަމުގެ ތަނެކެވެ. އެއީ ހައްގާއި ބާޠިލުގެ ވާދަވެރިކަމެވެ. މުއުމިނުންނާ ފާޖިރުން އިމްތިހާނު ކުރުމަށް ލައްވަވާފައިވާ ތަނެކެވެ. ރަނގަޅު މީހުންނާއި ނުބައިމީހުން އިމްތިހާނު ކުރައްވާ ތަނެކެވެ. ދުނިޔެއަކީ ހަލާކުވެ ނެތި ފަނާވެދަނިވި ގޮވައްޗެވެ. ދެމިއޮންނަނިވި ތަނަކީ އާޚިރަތުގެ ގޮވައްޗެވެ. " ބައެއް ފަރާތްތަކުން އިންކާރު ކުރަނީ ނިމުމެއް ނުވާ އާޚިރަތުގެ ހަޔާތާމެދު. އެމީހުން އެދެކޮޅު ހަދަނީ އުޚުރަވީ ހަޔާތް ބާއްޖަވެރި […]