ހިތި ތަޖުރިބާ 11

އަދިވެސް އެއްފަހަރު އަހަރެންނަށް ބަލާލެވުނެވެ. ހަމަ ޔަޤީނުންވެސް އެއީ ނާޒިމްގެ މަންމައެވެ. "މަންމާ އަޅެ އަހަރެންނަށް ނޭނގޭ މަންމަ ތިހާ ބަލިކަމެއް" އެހެން ބުނެވުމާއެކު އަހަރެންނަށް ރޮއިގަނެވިއްޖެއެވެ. ނާޒިމްގެ މަންމަވެސް ހުރީ ބަސްހުއްޓިފައެވެ. "ދަރިފުޅާ ސަހާ މަންމައަށް މާފުކުރޭ ހެޔޮނުވާނެ" ރޮމުން ރޮމުން ނާޒިމް މަންމަ ވާހަކަ ދެއްކިއެވެ. އަދިވެސް އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނާޒިމްގެ މަންމައަކީ ނުކުޅެދޭ މީހަކަށްވީކަން ހަޤީގަތުގައިވެސް އަހަރެންނަށް ނޭނގެއެވެ. "ދަރިފުޅާ ކޮބާ ނާޒިމް، ދަރިފުޅު މިތަނުގައި ކީއްތިކުރަނީ" ނާޒިމް […]
ޖެންޑާއަށް ހުށަހެޅޭ މައްސަލަތައް، ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާ!

މުޖުތަމައުގައި ކުޑަކުދިންނާ މެދު އިހުމާލުވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ގިނަ ފަހަރަށް ކުށްކުރާ ފަރާތްތަކުގެ އަމާޒަކަށްވެސް ވެފައި އޮންނަނީ ކުޑަކުދިންނެވެ. މާދަމާގެ މުސްތަގްބަލް ކަމުގައިވާ ޅަ ދަރިންނާމެދު އިހުމާލުވަމުންދާއިރު އަންނަން އޮތް ޖީލަށް އެކުދިން ތައްޔާރު ކުރާނީ ކިހިނެތް ހެއްޔެވެ. އެ ކުދިންނަށް ތަފާތު ބާވަތްތަކުގެ އަނިޔާ ކުރުމާއި ގަނާ ކުރުމާއި ގޯނާ ކޮށްގެން މުސްތަގްބަލް އަނދިރިކޮށް ނުލާށެވެ. ކުޑަކުދިންނަށް ދެވޭ އަނިޔާއާއި ދެކޮޅަށް ތެދުވާށެވެ. އަމަލީގޮތުން އެކަން ހުއްޓުވާށެވެ. އެފަދަ މީހުންނަށް ކުށް ތަކުރާރު ކުރުމުގެ […]