ވިޔަފާރިކުރަން ފިހާރައަށް ދާއިރު ވިސްނަންވީ ކަންތައްތައް!

ގޭގައި ބޭނުންކުރާތަކެތި ގަންނަން ފިހާރައަށް ދިއުމުގެކުރިން 'ޝޮޕިން ލިސްޓެއް' ތައްޔާރުކޮށް ބަޖެޓެއް ކަނޑައަޅަނީ ކިތައް ބޭފުޅުންތޯއެވެ؟ މިގޮތަށް ލިސްޓެއް ތައްޔާރުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ގަންނަންދާ އެއްޗެހި ހަނދާނުގައި ބެހެއްޓުމުގެ ބަދަލުގައި ގަންނަންދާ އެއްޗެހީގެ އިތުރު އެއްޗެހި ނުގަތުމަށެވެ. ގިނަފަހަރަށް ފިހާރައަކަށް ދާއިރު ގަންނަންދާ ބައެއް ސާމާނު ގަތުމުގެ ބަދަލުގައި އެހެންތަކެތި ގަނެވި، ގަންނަން ދިޔަ ތަކެތި ނުގަނެވި އާދެއެވެ. މިގޮތަށް ލިސްޓްކޮށްގެން ދިޔަނަމަވެސް ބައެއް ތަކެތި ލިސްޓް ކުރަން ހަނދާން ނެތޭ ފަހަރުވެސް އާދެއެވެ. ބަދިގޭގައި […]
ދަތްތައް ސާފުކޮށް ބަހައްޓަން އުނދަގޫތަ؟ މިކަންކަމަށް ސަމާލުވޭ!

ދަތްތަކުގެ ސާފުތާހިރު ކަމާއި އަނގައިގެ ސިއްހަތު ރަނގަޅަށް ބެހެއްޓުން ނުވަތަ އޯރަލް ހެލްތަކީ މީހާގެ ސިއްހަތަށް ހުރިހާ ގޮތަކުންވެސް ވަރަށް މުހިންމު ކަމެކެވެ. ދަތްތައް ފޭބުމާއި ހިރުގަނޑުގެ ބަލިތަކުން ސަލާމަތްވުމަށް ދަތްތަކާއި ހިރުގަނޑަށް ފަރުވާތެރިވުމަކީ އެހާމެ މުހިންމު ކަމެކެވެ. ދަތްތަކާއި އަނގައިގެ ސިއްހަތު ދުޅަހެޔޮކޮށް ބެހެއްޓިދާނެ ބައެއް ގޮތްތައްކޮންމެ މީހެއްގެވެސް ދަތްތަކަކީ އެމީހެއްގެ ހިނިތުންވުމުގެ ބިންގަލެވެ. ހިނިތުންވުމުގެ އިތުރުން ކާއެއްޗެހި ހެފުމަށާއި، ވާހަކަދެއްކުމަށް ދަތްތަކުގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން ދަތްތައް ސާފުކޮށް ބެހެއްޓުމަށް ގަވާއިދުން ތަޖްރިބާކާރު […]