ޢިބްރަތްތެރި ހާދިސާ: އުފާވެރިކަމުގެ ހިތިރަހަ

ޒަމާނަކީ އެހާ ތަނަވަސް ޒަމާނެއްނޫން ކަމުގައިވިއަސް އަހަރެންނަކީ ވަރަށް ތަނަވަސް ދިރިއުޅުމެއްގައި އުމުރުން ދިހަ އަހަރުވެފައިވާ ކުއްޖަކީމެވެ. މައިންބަފައިންގެ ތަނަވަސްކަމުގައެވެ. މަންމައާއި ބައްޕަގެ އިތުރު ކުއްޖަކު ނެތުމުން އެދެމީހުން އަހަރެން ގެންގުޅުނީ ނުލާހިކުލޯބިން އަދި އެހާމެ އުފަލުގައެވެ. އަހަރެން އެއްގޮތަކަށްވެސް ބޭރަށްދިޔަކަ ނުދެއެވެ. ފަހަރެއްގައި އެއީ މަގުއޮޅިގެން ހިނގައިދާނެތީ ކަމަށް ވެދާނެއެވެ. އަހަރެންނަށް ބޭނުންވާ ހުރިހާ ސާމާނެއް ބައްޕަ ހޯއްދަވައިދެއްވަނީ ނުލާހިކު އުފަލުންނެވެ. އަގުބޮޑުވިއަސް އަދި އަގު ކުޑަވިއަސް އެއްވެސް ޝަކުވާއެއްނެތި އެއެއްޗެއް ހޯއްދަވައިދެއްވައެވެ. އަހަރެން ހިތުގައިޖެހޭނެ […]

މިސް ޔުނިވާސް އަށް ހޮވުނު ހަރްނާޒް އަކީ ފާހަގަކުރެވޭ ހުނަރުވެރިއެއް!

އިންޑިއާގެ ޗަންދިގަރަށް އުފަން އުމުރުން 21 އަހަރުގެ ހަރްނާޒް ސަންދުއަށް މިސް ޔުނިވާސް 2021 ގެ މަޤާމް ލިބުނުއިރު، 70 ވަނަ މިސް ޔުނިވާސް ހޮވުމުގެ މުބާރާތް ބާއްވާފައިވަނީ އިސްރާއީލްގެ އެލިއާތްގައެވެ. ހަގު އުމުރެއްގައި މޮޑެލް ކުރުމުގެ ދާއިރާއަށް ނިކުމެފައިވާ ހަރްނާޒަށް 2017 ވަނަ އަހަރު މިސް ޗަންދިގަރު ވަނީ ލިބިފައެވެ. އަދި މިއީ އޭނާގެ މޮޑެލް ކެރިއާގައި ލިބުނު ފުރަތަމަ ކާމިޔާބީއެވެ. ހަރްނާޒް އަށް މިސް ޔުނިވާސް ޓައިޓަލް މިލިބުނީ، 2000 ވަނަ އަހަރު ލާރާ […]