ކުޑަކުދިންގެ ހާދިސާ: ހަސަނާއި މުގު ކާ ކޮތަރު

ހަސަނަކީ ވަރަށް ޓެނިސް ކުޅޭހިތާވާ ކުއްޖެކެވެ. ކޮންމެދުވަހަކު ހެނދުނު 9 ޖަހާއިރު ހަސަން ޓެނިސް ކުޅެންދެއެވެ. ހަސަން ސްކޫލް އަށް ދަނީ މެންދުރުފަހު އެވެ. ކޮންމެ ދުވަހަކު ކުޅެންގޮއްސަ އައިސް ފެންވަރާލާ ކާލާ ހަދައިގެން ހަސަން ސްކޫލަށް ދާއިރު ހޫނުގަދަ ކަމުން މަންމަ ގާތު ވަރަށް ޝަކުވާކުރެއެވެ. އާއްމުކޮށް ހަސަން ކާނީ ތެޔޮ ރޮއްޓާއި މަސްރިހަ އަދި ތެލުލިމަސް ފަދަ ބާވަތްތަކެވެ. ތަރުކާރީ މޭވާ އަދި މުގުރިހަ ފަދަ ބާވަތްތައް އެއްގޮތަކަށްވެސް ހަސަން ނުކާނެއެވެ. އެއްދުވަހަކު ހަސަންގެ […]
ޣައިރު މުސްލިމުންގެ ޝިޢާރުތައް ފާޅުކޮށް އެކަންކަމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫން!

ދުވަހަކަށްފަހު ދުވަހެއް، މަހަކަށްފަހު މަހެއް، އަހަރަކަށްފަހު އަހަރެއް ފާއިތުވަމުންދާއިރު އަޅުގަނޑުމެން މިތިބެނީ ޣާފިލުކަމުގެ ތަންމަތީގައި ނިދާފައެވެ. މި ނިދިން އަޅުގަނޑުމެން ހޭލާނީ ކޮން ދުވަހަކުންބާވައޭ ހިތަށް އަރައެވެ. ކޮންމެ ދުވަހަކުވެސް އިރުއަރައި އިރު އޮއްސެމުންދާތަން އަޅުގަނޑުމެންނަށް ފެނެއެވެ. " ފާއިތުވެގެންދާ ކޮންމެ އަހަރަކީ އެއަހަރުތެރޭގައި އަޅުގަނޑުމެން ކުޅަ އަމަލުތަކާއިމެދު އަޅުގަނޑުމެންގެ މައްޗަށް ހެކިދޭ އަހަރެއް. އަދި އެކަނިމާއެކަނި ގަބުރުގައި އޮންނަންޖެހޭނެ ދުވަސް ގާތްވަމުންދާ ކަމުގެ ނިޝާނެއް. އާންމުގޮތެއްގައި ދުނިޔޭގައި ދިރިއުޅެވޭނީ ފަސްދޮޅަސް ނުވަތަ ހަތްދިހަވަރަކަށް އަހަރު. ނުވަތަ […]