ތާރީޚްގެ ތެރެއިން ރ. އަތޮޅު ބޮޑުފުށި

ރ. އަތޮޅު ބޮޑުފުށީގައި އަށާރަވަނަ ގަރުނުގައި މީހުން އުޅެފައިވާކަމުގެ ނިޝާން ފެންނަން އެބަހުއްޓެވެ. މިގޮތުން މިރަށުގެ ހުޅަނގުކޮޅުގައި މިސްކިތެއްގެ ތަރާގަނޑު އެބައޮތެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މައުލޫމާތު ދިންގޮތުގައި މި ތަރާގަނޑުގެ ދިގުމިނުގައި 25 ފޫޓު، ފުޅާމިނުގައި 16 ފޫޓު 6 އިންޗި ހުރެއެވެ. "މި މިސްކިތް ހަދާފައި ހުރީ ތިރީގައި ބަރަފޯސް ލައިފައި ހިރިގަލުން. އިރުމަތީ ފަރާތުގައި ވެލިގަލުން ހަދައިފައިވާ ހަތަރެސްކަން ދެ ވަޅާއި ވަރަށް ބޮޑު ގަބުރުސްތާނެއް އޮތް ކަމަށްވޭ. މި […]
ކުދިން ބެލުމަށް މިކަހަލަ ހުނަރު ހުރި މީހުން މުހިންމުވަނީ ކީއްވެ؟

މީގެ 130 އަހަރު ކުރިން 'އެމިލީ ވާރޑް' ނަމަކަށްކިޔާ އިނގިރޭސިވިލާތު އަންހެނަކު ކުދިންބެލުމުގެ ޚިދުމަތްދޭ އަންހެނުންތަކެއް ތަމްރީނު ކުރުމަށް އުފެއްދި "ނޯރލެންޑް ކޮލެޖު" އިން ހިންގާ 4 އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ނިންމުމަށްފަހު އަމަލީ މައިދާނަށް ނިކުންނަ އަންހެނުންނަކީ، އަމަލީ މައިދާނުގައި ޖެހިލުންކުޑަކަމާއެކު މަސައްކަތްކުރަމުން އަންނަ ވަރަށް ހުށިޔާރު ބައެކެވެ. އަހަރަކަށް 21000 އެމެރިކާ ޑޮލަރު 4 އަހަރު ވަންދެން ކޯސް ފީއެއްގެ ގޮތުގައި ދައްކަންޖެހެއެވެ. ނަމަވެސް މި ކޯސް ނިންމާލުމަށްފަހު ވަޒީފާއިން މި މީހުންނަށް […]