ދުޅަހެޔޮ ސިއްޙަތަކަށް ރަނގަޅު ފައިވާނެއް އިޚްތިޔާރު ކުރުން މުހިންމު

އަހަރެމެން އަރަން ގެންގުޅޭ ފައިވާން ނުވަތަ ބޫޓަކީ ކިހާ މުހިންމު އެއްޗެއްތޯއެވެ؟ މިކަމާމެދު ވިސްނާލަނީ ކިތައް މީހުންތޯއެވެ؟ ފައިތިލަ އަކީ އޭގެ މައްޗަށް ހަށިގަނޑުގެ ބަރުދަން ބަރޯސާވާ މުހިންމު ގުނަވަނެކެވެ. ދުވަހުގެ ގިނަ ވަގުތު އެގުނަވަނެއްގެ މައްޗަށް އެހީއަށް އެދެންޖެހިފައިވާ ގުނަވަނެކެވެ. ކަން މިހެން ހުރުމާއެކު އަރަން ގެންގުޅޭ ފައިވާން ނުވަތަ ބޫޓަކީ ރަނގަޅު އެއްޗަކަށްވުން ވަރަށް މުހިންމެވެ. ގިނައިރު އަރައިގެން އުޅޭ ބޫޓު ނުވަތަ ފައިވާނަކީ ފަޔަށް ފަސޭހައެއްޗަކަށް ނުވިޔަސް މާބޮޑު ފަރުވާލެއް ނުބަހައްޓާ އުޅޭ […]
ފިޑްސްގެ ފަރާތުން ވިޔަފާރީގެ ދާއިރާގެ ރިޕޯޓްތަކާއި މައުލޫމާތު ޒީޓައިމްސް މެދުވެރިކޮށް ގެނެސްދެނީ!

ފިނެކް އިންސްޓިޓިއުޓް ފޮރ ޑިވެލޮޕްމެންޓަލް ސްޓަޑީޒް (ފިޑްސް) އިން ވިޔަފާރީގެ ދާއިރާއާއި ގުޅުންހުރި ރިޕޯޓްތަކެއް ޒީޓައިމްސް މެދުވެރިކޮށް ގެނެސްދިނުމަށް ޒީޓައިމްސް އާއި އެކު އެގްރިމެންޓެއްގައި ވަނީ ސޮއިކޮށްފައެވެ. ފިޑްސްގެ ފަރާތުން މި އެގްރިމެންޓްގައި ސޮއިކުރެއްވީ ޑިރެކްޓަރ އޮފް އޮޕަރޭޝަން އަބްދުﷲ ޔަމީން އެވެ. އަދި ޒީޓައިމްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެޑިޓަރ ޒީނާ ޒާހިރު އެވެ. 2021 ވަނަ އަހަރު އުފެއްދި ފިޑްސްގެ އެންމެބޮޑު މަގްސަދަކީ މާލީ ދާއިރާއަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް ފަރުމާކޮށް ފޯރުކޮށްދިނުމެވެ. […]