ތިމާގެ އަޚާ ފަޟީޙަތް ނުކުރާށެވެ!

ރިވެތި ސިފަތަކާއި މާތް އަޚްލާގުގެ ތެރޭގައި އެހެން މީހުންގެ ޢައިބުތަކާއި، އުނި ސިފަތައް ފޮރުވައި ވަންހަނާކުރުން ވެއެވެ. ﷲ ސުބުހާނަހޫ ވަތަޢާލާ އަކީ އެކަލާނގެ އަޅުތަކުންނަށް ކުރެވޭ ނުބައި ޢަމަލުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެއެވެ. މިހެންވެ އިސްލާމް ދީން، މުސްލިމުންނަށް އެމީހުންގެ ޢައުރަ ނިވާކުރުމަށާއި، އެހެން މީހުންގެ ސިއްރުތައް ރައްކައުތެރިކޮށް ސިއްރުކޮށްދިނުމަށް ވަނީ ގޮވާލާފައެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމް އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވަނީ އަޅުގަނޑުމެންނަށް އޮޅުމަކުން ކުރެވޭ ހަޑި ހުތުރު ޢަމަލުތައް ވެސް ވަންހަނާ ކުރުމަށް. […]