އަވަހަށް ހޭލަން ބޭނުންވާ މީހުން އަވަހަށް ނިދުމަށް އެހީއެއް

ހެނދުނު ހޭލަން ޖެހޭކަން އެނގިހުރެވެސް ރޭގަނޑު ނުނިދިގެން އުޅެންޖެހޭ ހެއްޔެވެ. އަވަހަށް ނިދަން ބޭނުންވިޔަސް ނިދިނައިސްގެން ނުވަތަ ނުނިދިގެން އުޅެންޖެހޭ ހެއްޔެވެ. ބައެއް މީހުންނަށް ފަހަރުގައި ލަހުން ނިދަން އާދަވެފައިވެސް ހުރެދާނެއެވެ. ނުވަތަ ޕެންޑަމިކްގެ ސަބަބުން ނިދުމުގެ އާދަކާދައަށް ބަދަލުއައިސްފައިވެސް ހުރެދާނެއެވެ. އެހެންނޫންނަމަ ނެޓްފްލިކްސްއިން ބަލާ ސީރީޒްތަކުގެ ސަބަބުން ނުނިދާ ދަންވަންދެން އިނދެވެނީއެވެ. ބައެއް ފަހަރު ދަންވަންދެން ނުނިދާ ތިބުމަކީ ރަނގަޅު ކަމެއް ކަމަށްވެސް ވެދާނެއެވެ. ޚާއްސަކޮށް ރޭގަނޑު ތިމާއަކީ މާ ކްރިއޭޓިވް، އުފެއްދުންތެރި، އަދި ކަންކަމަށް […]
މަޖުބޫރުން ކުރި ކައިވެނިން ގެއްލިގެންދިޔަ ދިރިއުޅުން!

އަހަރެންނަކީ އުތުރުގެ ރަށަކަށް ނިސްބަތްވާ އާދައިގެ އާއިލާއެއްގައި ހުރި ހަމައެކަނި އަންހެންކުއްޖާއެވެ. މަންމަ އާއި ބައްޕައަކީ އެހާ ފޯރުންތެރި ބައެއް ނޫނެވެ. ދިރިއުޅެމުންދިޔައީ ބައްޕަކުރާ މަސައްކަތުން ލިބޭ އާމްދަނީއިންނެވެ. މައިންބަފައިން އަހަރެން ބަލާ ބޮޑުކުރީ ވަރަށް ލޯބިންނެވެ. އުމުރުގެ އެހެން ކުދިންނެކޭ އެއްގޮތަށް ބޭރަށް ކޮފީތަކަށް ގޮސް އުޅުމުގެ ހުއްދައެއް އަހަރެންނަށް ނޯވެއެވެ. އަހަރެން ގަބޫލުކުރިގޮތުގައި މަންމަމެން އެކަން ކުރީ އަހަރެންނާމެދު ވިސްނާތީއެވެ. ނުބައި މަގަކުން ދިޔަ ނުދިނުމުގެ ބޭނުމުގައި ކަމަށް ވެސް ވެދާނެއެވެ. ރަށުން ކިޔެވެންހުރި […]