މިއީ ހިތްވަރުގަދަ މައެއް، ދަރިފުޅުގެ ވާހަކަދެއްކުން ހުއްޓުމަކަށް އައިތާ 10 އަހަރު!

ހިތްވަރުގަދަ މަންމައެކެވެ. އޯޓިޒަމް ހުންނަ ކުއްޖަކު ބެލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ޚާއްސަކޮށް އެކަނިވެރި މައަކަށް ކުރިމަތިވާނެ ގޮންޖެހުން ވަރަށްބޮޑު ވާނެއެވެ. އެހެންނަމަވެސް ފަސްޖެހުމެއްނެތި ދަރިފުޅުގެ ހައްގުގައި ވަމުން ދަނީ މަތިވެރި ގުރުބާނީއެކެވެ. ށ.ފުނަދޫ އަށް އުފަން ސުވައިދާ ހުސައިން (ސުވޭ)ގެ ހުރި ހަމައެކަނި ދަރިފުޅު ހުސައިން ސަދާދު މުހައްމަދު ސާޖިދުގެ އުމުރަކީ 12 އަހަރެވެ. މި ރިޕޯޓް މި ޚާއްސަ ކޮށްލަނީ އޯޓިޒަމް ހުންނަ ކުއްޖަކު ގެންގުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި ވިސްނުން ބެހެއްޓިދާނެ ގޮތްތަކަށެވެ. ކުއްޖާ އަށް […]