އެވޭލާ ހާދިސާ: ފެނުނު ބިރުވެރި އެއްޗަކުން ދިރިއުޅުން ވޭނީ ކަރުނައަށް

އަހަރެންނަކީ އެއްމާބަޑު ދެކުދިންގެ ތެރެއިން ދޮށީ ބޭބެއެވެ. ދެންހުރީ ކޮއްކޮ ސަލަމަތު އެވެ. އަހަރެންގެ ނަމަކީ މަހުދީ އެވެ. ކޮއްކޮ އަހަރެންނަށްވުރެ ދެ ގަޑިއިރު ހަނގެވެ. އުމުރަކީ ތޭރަ އަހަރެވެ. އިސްކޮޅުންވެސް އެއްވަރެވެ. ހެދި ބޮޑުވަމުން އަންނަނީވެސް އެއްވަރަކަށެވެ. ކުލައާއި މިޒާޖުވެސް އެއްގޮތެވެ. ހަމައެކަނި ތަފާތުވަނީ ޖިންސުގެ ގޮތުންނެވެ. މައިންބަފައިން އަހަރެމެންގެ ދެކުދިން ގެންގުޅެ ބޮޑުކުރަމުން އަންނަނީ ވަރަށް އޯގާތެރިކަމާއި ލޯތްބާއެކުގައެވެ. ތަނަވަސް ބަޔަކަށް ނުވިޔަސް ފޯރުންތެރިކަން ހުރިވަރަކުން އެމީހުންނަށްވީ އެންމެ ރަނގަޅަކަށެވެ. އެއްގޮތަކަށްވެސް އަހަރެމެންގެ ދެކުދިން […]

ހުމުސް ތައްޔާރުކުރާނެ ގޮތް

ބޭނުންވާތަކެތި: ½ 4 ޖޯޑު ކައްކާފައި ނުވަތަ ދަޅުގައި ހުންނަ ސަނާމުގު ½ ޖޯޑު "ތަހިނި ސޯސް" ½ ޖޯޑު ލުނބޯހުތް 1 ސައިސަމުސާ މުގުރި ދިރި 1/3 ޖޯޑު ރޯސްޓެޑް ލޮނުމެދު ¼ ޖޯޑު ރޯސްޓެޑް ލޮނުމެދު ތެޔޮ 1 ސައިސަމުސާ ލޮނު 1 ސައިސަމުސާ ރާޅުމިރުސް ތައްޔާރުކުރާނެ ގޮތް: ފުރަތަމަ ސަނާމުގުތައް މިކްސްޖަރަށް އަޅާލުމަށްފަހު ހިމުންވަންދެން މުގުރާލާނީއެވެ. އެއަށްފަހު ތަހިނި ސޯސް އަޅާލާފައި ރަނގަޅަށް އެއްކޮށްލާނީއެވެ. ދެން ލުނބޯ، ލޮނުމެދު، ދިރި އަދި ލޮނުމެދު […]