ކައިވެނި ރޫޅުމުގެ ސަބަބަކީ ދަރިންނަށް ނުވާއިރު، އެދަރިންނަށް ހިތްދަތިކަން ދެނީ ކީއްވެ؟

ދިވެހިރާއްޖޭގައި ދުވަހެއް ދުވަހަކަށް މިދަނީ ވަރި ގިނަ ވަމުންނެވެ. ލޯބިން ކުރާ ކައިވެނިތަކަށް ދަރިން ލިބުމަށްފަހު އާއިލާ ރޫޅެމުންދަނީ ގިނަ ފަހަރަށް އެހެން އެކަން ވެދާނެ ކަމަށް ހީވެސް ނުކުރަނީސް އެވެ. ކައިވެނި ރޫޅެނީ މައިން ނުވަތަ ބަފައިންގެ ކޮންމެވެސް ސަބަބަކާހުރެއެވެ. ނުވަތަ ދެމީހުންނަށް ވެސް އެކީގައި އުޅެވެން ނެތް ކަމަށް ގަބޫލުކުރެވި ވަކިވުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ދެކޭ ފަހަރުވެސް އާދެއެވެ. ކޮންމެ ސަބަބަކާހުރެ ކައިވެނި ރޫޅުނަސް ގިނަ ފަހަރަށް ދަރިން ބެލުމުގެ ޒިންމާ […]
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑުން ކޮބާ؟ އެކަށީގެންވާ ފަރުވާ ދެވޭތަ؟

މާލޭގެ މަގުމަތިން ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ އިޖްތިމާއީ މައްސަލަތަކެވެ. އޭގެތެރެއިން ކަންބޮޑުވާ ދަރަޖައަކަށް ގޮސް ހައްލުނުވާ އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލައެވެ. ސަލާންޖެހުމާއި، ކުނިބުނިހޮވުމާއި، ވައްކަން ކޮށްގެންވެސް މަސްތުވާތަކެތި ހޯދައިގެން މަގުމަތީގައި އުޅޭ މީހުން މަދެއް ނޫނެވެ. މަގުމަތިން ދިމާވާ މިފަދަ ކިތަންމެ މީހެއް 'ދައްތާ ﷲ އަށްޓަކާ ލާރިކޮޅެއް ދީބަލަ" މިފަދަ އިބާރާތްތަކުން ފައިސާއަށް އެދި ސަލާން ޖަހައެވެ. މިފަދަ މީހުން މިއަދު އެ ހާލަތަށް ވެއްޓުނީ ކީއްވެހެއްޔެވެ. މަސްތުގެ ހާލަތުގައި މަގުމަތީގައި ބިއްޖެހިފައި […]