ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރައްވާ ޚާއްސަ ވަގުތު

ހުކުރު ދުވަހަކީ، އެދުވަހެއްގައި ދުޢާ އިޖާބަކުރައްވާ ޚާއްސަ ވަގުތެއްވާ ދުވަހެކެވެ. އެވަގުތަކީ، ހުކުރު ދުވަހުގެ ޢަސްރު ނަމާދަށްފަހު އިރު އޮއްސުމާ ދެމެދުގައިވާ ވަގުތުކޮޅެއް ކަމުގައި އައިސްފައިވެއެވެ. ނުވަތަ އެއީ އިމާމާ މިންބަރުގައި އިށީނީއްސުރެ ހުކުރު ނަމާދުކޮށް އަވަދިވެއްޖައުމަށް ދާންދެން އެވާ ވަގުތު ކަމުގައިވެސް ރިވާވެގެން ވެއެވެ. އަދި އެވަގުތަކީ ހުކުރު ދުވަހުގެ އެންމެ ފަހުވަގުތު ކަމުގައިވެސް އައިސްފައިވެއެވެ. ހުކުރު ދުވަހު މާތް ﷲ މިންވަރު ކުރައްވާފައިވާ މިމަތިވެރި ވަގުތުތަކުގައި، އެކިއެކި ބޭނުންތައް ޖެހިފައިވާ ފަރާތްތަކުން، މިފުރުސަތުގެ ބޭނުން […]
ފޮޓޯ: ފަރެސްމާތޮޑާ ފަރުގެ ރީތިކަން

ފަރެސްމާތޮޑާ ފަރުން ފެންނަނީ ގުދުރަތީ ރީތިކަމެވެ. މި ރީތި ފޮޓޯތައް ނަގައިދީފައިވަނީ ފަރެސްމާތޮޑާގެ ރީތި މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނަ ޝަޒޫ (ޝަޒޫ ފޮޓޯގްރަފީ) އެވެ.