ކޮޗިންއަށް ބޭސްފަރުވާއަށްދާ ދިވެހިންގެ މެދުގައި މަޤްބޫލު ގަރޑެންވިއު ރެސިޑެންސީ!

ގަރޑެންވިއު ރެސިޑެންސީ އަކީ އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލް އަދި ރާޖަގިރި ހޮސްޕިޓަލް ކައިރިން ސަރވިސް އެޕާޓްމަންޓްތަކުގެ ޚިދުމަތް ފޯރުކޮށްދޭ ބައެކެވެ. އަމްރިތާ ހޮސްޕިޓަލް ކައިރިން ލިބެންހުރި އެޕާޓްމެންޓްތައް ގަރޑެންވިއު ރެސިޑެންސީގެ މެނޭޖިންގ ޑައިރެކްޓަރ ސަނަފް މައުލޫމާތުދެއްވި ގޮތުގައި އަމްރިތާ ހޮސްޕިޓަލް ކައިރީގައި ހުންނަ އިމާރާތުގައި ދެކޮޓަރީގެ 6 ސަރވިސް އެޕާޓްމެންޓް ހުރެއެވެ. އެއީ ފަރުނީޗަރާއެކީގައި ކައްކާ ކެވޭގޮތަށް ބަދިގެއާއެކު ހުންނަ އެޕާޓްމެންޓްތަކެކެވެ. " އޭސީ، ފްރިޖް، ދޮންނަމެޝިން، ޓީވީ، ވައިފައިގެ ޚިދުމަތުގެ އިތުރަށް ބަދިގޭގައި […]
ފައިތިލަ ފަޅައިގެން ދިއުމަށް މެދުވެރިވާ ސަބަބުތަކާއި ގޭގައި ދެވިދާނެ ފަރުވާ

އަހަރެމެންނަކީ ހަށިގަނޑުގެ ހުރިހާ ގުނަވަނެއްވެސް ސާފުތާހިރުކަމާއި ރީތިކޮށް ބަހައްޓަން ބޭނުންވާ ބައެކެވެ. މޫނުގެ ހަންގަނޑަށް ސަމާލުކަންދޭ މިންވަރަށް އަތްތިލައާއި ފައިތިލައަށްވެސް ހަމަ އެހާމެ ބޮޑު ސަމާލުކަމެއް ދެއެވެ. މަހަކު އެއްފަހަރު ފައިތިލަ ސާފުކޮށް ނިޔަފަތިތައް ރީތިކުރުމަށް ގަވާއިދުން ސެލޫންތަކަށް ދިއުމަކީ ބައެއް މީހުންގެ މެދުގައި އާދަވެފައިވާ ކަމެކެވެ. ނަމަވެސް ފައިތިލަ ފަޅައިގެން ދިއުމަކީ ގިނަބަޔަކު ކަންބޮޑުވާކަމެކެވެ. ފައިތިލަ ފަޅައިގެން ދިއުމުގެ ސަބަބުން ފައިތިލައިން ލޭއައިސް ހިނގާއިރު ފައިގައި ރިއްސާގޮތްވެސް މެދުވެރިވެއެވެ. ފައިތިލަ ފަޅައިގެން ދިއުމަށް ދިމާވާ ސަބަބު […]