އިޚްތިޔާރު ތިކުރަނީ ރަނގަޅު ރަޙްމަތްތެރިއެއްތަ؟

ހަރުބަހެއްގައިވެއެވެ. ރަޙްމަތްތެރީން އެނގޭނީ މުޞީބާތުގެ ވަގުތުގައެވެ. މީހަކާ މުޞީބާތެއް ނުވަތަ ކާރިޘާއެއް ނުވަތަ ދަތިކަމެއް ކުރިމަތިވުމުން، އޭނާގެ ގާތުގައި އެކުވެރިންކަމުގައި ހެދިގެން އުޅުނު ގިނަ ބަޔަކު، އޭނާ ދޫކޮށް ދުރަށް ދާތަން ފެނެއެވެ. " ﷲ ގެ ނަބިއްޔާ އައްޔޫބުގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ މުއްސަނދިކަމާއި، ތަނަވަސްކަން ގެއްލިގެންދިޔަ ވަގުތު، އަދި އެކަލޭގެފާނުގެ ބޭފުޅުން އަވަހާރަވުމުން، އެކަލޭގެފާނަށް ޒިޔާރަތްކުރަމުން ދިޔަ މީހުންނާއި، އެކަލޭގެފާނުގެ މަޖިލީހަށް ހާޒިރުވަމުން ދިޔަ މީހުންގެ ތެރެއިން ގިނަބަޔަކު، އެކަލޭގެފާނު ދޫކޮށް، ދުރަށް […]