ދަރިންނަށް ހަމަހިމޭން ވަގުތުކޮޅެއް ދިނުމުގެ ފައިދާ!

ހަމަހިމޭން ވަގުތުކޮޅެއް ހޭދަކުރުމަށް ދަރިންނަށް ދަސްކޮށްދީ އެއާދަ އަށަގަންނުވާށެވެ. އަދި ކޮންމެ ދުވަހަކުވެސް ވަކި ވަގުތެއް އެކަމަށް ކަނޑައަޅާ ގަވާއިދުން އެކަން ކުރާށެވެ. މިކަމުގެ ސަބަބުން ދަރިންގެ ވިސްނުން ތަރައްގީވުމަށް ވަރަށް ބޮޑަށް އެހީވެދެއެވެ. އަވަސް އަވަހަށް ކަންކަން ބަދަލުވެގެން އަންނަ އިޖްތިމާއީ ވެއްޓެއްގައި ދަރިން އަންނާނީ ކޮންމެ ދުވަހަކުވެސް އާ މައުލޫމާތެއް ލިބިގަންނަމުންނެވެ. އެ މައުލޫމާތަކީ ބުއްދި ހަމަޖެހޭ ގަބޫލުކުރެވޭ މައުލޫމާތެއްކަން ދެނެގަތުމަށް ކުދިންނަށް އެ މައުލޫމާތު ފަހުމުވާން ޖެހެއެވެ. އެކަން އެކުދިން ކުރާނީ އަޑުމަޑު […]
މައުލޫމާތު: ތަފާތު ވައްތަރުތަކުގެ ޖެލީފިޝް އާއިމެދު ސަމާލުވަނީ ކިހާވަރަކަށް؟

ދިވެހިރާއްޖޭގައިވެސް ބައެއް މޫސުމުގައި މޫދުން ނުވަތަ ގޮނޑުދޮށުން އެކި ސައިޒުތަކުގެ ޖެލީފިޝް ފެނެއެވެ. ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކުން އާންމުކޮށް ފެންނަން ހުންނަ ވައްތަރުގެ ޖެލީފިޝް ތަކުގައި ހުންނަނީ އިންޗިއެއް ނުވަތަ ދޮޅުއިންޗިވަރެވެ. ޖެލީފިޝް އަކީ މީހުންނަށް ހަމަލާދޭ އެއްޗެއްކަމުގައި ނުވިޔަސް، މޫދުގައި އުޅޭއިރު ގައިގެ ކަޅުހަމުގައި ޖެހުމުން އޭގައި ހުންނަ ވިހައިގެ އަސަރުކޮށް ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ އެއްޗެކެވެ. ޖެލީފިޝް ގައިގެ ތަނެއްގައި ޖެހުމުން ކަންތައްކުރަންވީ ކިހިނެއް؟ މޫދުގައިއުޅޭއިރު ޖެލީފިޝްއެއްގައި ޖެހުމުން ޖެހުނުތަން ލޮނުފެނުން ރަނގަޅަށް ދޮވެލާށެވެ. […]