އަގުހުރި ނަޞޭޙަތް: މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ!

މާތްﷲގެ ރުހިވޮޑިގަތުން ލިބުންވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައެވެ. އެހެނީ މައިންބަފައިނަށް ހެޔޮކޮށް ހިތުމަކީ ދީނީ ވާޖިބެކެވެ. ރަނގަޅަށް ޢަމަލުނުކޮށްފިނަމަ އެކަމަށް ޖަޒާ ކަނޑައެޅިފައިވާކުށެވެ. އަދި މައިންބަފައިންނަށް ދެރަގޮތް ހެދުމަކީ ދުނިޔެމަތީގައިވެސް އެކަމުގެ ހިތިކަން އެދަރިއަކަށް ފެނިގެންދާނޭފަދަ ޢަމަލެއްކަމަށް ތާރީޚުގައި ހިނގާފައިވާ ޙާދިޘާތަކަށް ބަލާލުމުން ހާމަވެގެން ދެއެވެ. އެއްދުވަހަކު ޓީޗަރަކު ކިޔައިދިން ވާހަކައެކެވެ. އެވާހަކާގައި އުޅެނީ ދެމަފިރިއަކާއި އެދެމީހުންގެ ދަރިއަކާއި މުސްކުޅި ބައްޕައެކެވެ. އަނބިމީހާ މުސްކުޅި ބައްޕައާމެދު ހިތްހަމަނުޖެހޭތީ މުސްކުޅިބައްޕަ އެމީހުންގެ ޢާއިލާއާ ވަކިކުރަން ފިރިމީހާ ނިންމިއެވެ. އަދި […]
އިންޓަނެޓްގެ އަވާގަޖެހި ނަފްސާނީ ބަލިމަޑުކަމެއް ކުރިމަތިވުމުގެކުރިން ވިސްނާ

މިފަހަކަށް އައިސް ދިރިއުޅުމުގެ ގިނަގުނަ ކަންތައްތަކެއް ހާސިލުކުރަން ލާޒިމްވެފައިވަނީ އިންޓަނެޓްގެ ޒަރީޢާއިންނެވެ. އިންޓަނެޓް ނުލިބި 24 ގަޑިއިރު ހޭދަކުރަން ޖެހުނަސް ހަޔާތުން އެގެއްލެނީ ހާދަގިނަ ކަންތައްތަކެއްބާވައޭ ހިތަށް އަރައެވެ. އެންމެ ކުޑަމިނުން ތިމާގެ ސަލާމަތާ ރައްކާތެރިކަމަށް ވިސްނާލިޔަސް އިންޓަނެޓް ކުޅެދޭ ދައުރު ވަރަށްބޮޑެވެ. އިންޓަނެޓްގެ ސަބަބުން ލިބޭ ފަސޭހަތައް: މިއަދުގެ ހާލަތަށް ބަލާއިރު ކެއިން ބުއިމާއި، ތަޢުލީމާއި، ކޮވިޑުގެ ނުރައްކާތެރި ބަލިމަޑުކަމާއި، ސިއްޙީ ހާލަތާއި، އިޖްތިމާޢީ ގުޅުންތަކާއި، ދެކެފަރިތަކަމާއި ގާތްތިމާގެކަމާއި އެކިއެކި މުހިންމު ބައްދަލުވުންތަކާއި އެކެއްގެ ފުށުން […]