ވީޑިއޯ: ބޮޑެތި ކަންކަމުގައި މަދަދަށް އެދި ﷲ އަށް ދުޢާކުރުން

މި ވީޑިއޯ އަކީ އަހްމަދު ފަޔާޒު ޙަސަން ތައްޔާރުކޮށްފައިވާ ވީޑިއޯ އެކެވެ. ވީޑިއޯ އެޑިޓްކޮށްފައިވަނީ 'މޮންދު ޕްރޮޑަކްޝަން'ގެ ފަރާތުންނެވެ. ފަޔާޒަކީ ހިންގުމާއި، ވިޔަފާރިއާއި ތަޢުލީމީ ދާއިރާއިން ބޮޑެތި މީހުންނަށް ކިޔަވާދެއްވާ އެދުރެކެވެ. ތަފާތު މައުޟޫއުތަކަށް ކޮލަމް ލިޔުއްވާ ލިޔުންތެރިއެއްވެސްމެއެވެ. ފަޔާޒު ގެންދަވަނީ 'ޒީޓައިމްސް' އަށް ވެސް ލިޔުއްވަމުންނެވެ.
ކީރިތި ރަސޫލާ ދެއްކެވި ނަމޫނާއާ އެއްގޮތަށް މަސައްކަތަށް ލޯބި ޖައްސުވައި ހީވާގި ބަޔަކަށް ދަރިން ހަދަންޖެހޭ

އިސްލާމް ދީނަކީ އަޅުކަމާއި މަސައްކަތްތެރިކަމުގެ ދީނެވެ. ދުނިޔެއާއި އާޚިރަތުގެ ދީނެވެ. އަދި އެއާއެކު ފަރުދުންނާއި ޖަމާޢަތުގެ ދީނެވެ. ކޮންމެ މުސްލިމަކުވެސް އަޅުކަންކުރުމާއި އެންމެހައި ދީނީ ވާޖިބުތައް އަދާކުރުމާއެކު ދުނިޔަވީ ހަޔާތަށްޓަކައި މަސައްކަތްކުރަން ޖެހޭނެއެވެ. އިސްލާމްދީން ގޮވާލަނީ މަސައްކަތް ނުކޮށް ކަންނެތްވެފައި ނުތިބުމަށެވެ. މުރާލިކަމާއި ހީވާގިކަމާއެކު ހުއްދަ މަސައްކަތްތައް ކޮށް ރިޒުޤު ހޯދައި އުޅުމަށް އިސްލާމް ދީނުގައި ބާރުއަޅުއްވައި ގޮވާލައްވާފައިވެއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމް އަކީ ހުރިހާކަމެއްގައި ވެސް މާތް ﷲ އަހަރެމެންނަށް ދެއްކެވި […]