މާފުށި ފަޅުވި ހާދިސާ

ބޮއްކުރާ ދުއްވަމުން ދަނީ ވަރަށް މަޑުމަޑު ދުވެއްޔެއްގައެވެ. މީހުން ތިބީ ވަރަށް ބޮޑަށް ހައިހޫނުވެފައެވެ. ކާލާނެ އެއްޗެއް ނެތެވެ. ފެންފޮދެއްނޫން އެހެން އެއްޗެއް އެ ބޮއްކުރާގައިނެތެވެ. ނުލާހިކު މަޑު ވައިރޯޅިއެކެވެ. ފަލިޖަހާލާނެ ހިތްވަރެއް އެކެއްގެ ގަޔަކުވެސް ނެތެވެ. ތިންމީހުން މަޅުމައްޗަށް ދެމިއްޖެއެވެ. ތަކުރުފާނު އިނީ ހުންގާނުގައެވެ. ކުރިމަތީން ރަށެއް ފެނިއްޖެއެވެ. ކޮން ރަށެއްކަމެއް ނޭނގުނަސް އެރަށާއި ކައިރިވެއްޖެއެވެ. ގޮނޑުދޮށުގައި ދެމީހަކު ތިއްބެވެ. ތަކުރުފާނު: މިއީ ކޮންރަށެއްތަ؟ މިރަށުން އަހަރެމެންނަށް ކޮންމެވެސް ކާއެއްޗެއް ލިބިދާނެހެއްޔެވެ.؟ މިބޮއްކުރާއިގަ ތިބި ތިންމީހުން […]

ރާއްޖޭގައި ކޮވިޑްޖެހުނު މީހުންގެ އަދަދު 130,000 އިން މައްޗަށް

ރާއްޖޭގަައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެއްލައްކަ ތިރީސްހާސް ފަސްސަތޭކަ ނުވަދިހަ ނުވައަކަށް އަރައިފިއެވެ. މީގެތެރެއިން މިވަގުތު ބަލިން ރަނގަޅުނުވެ 17,777 މީހުން އެބަތިއްބެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ ކޮވިޑްބަލީގެ 49 މީހުންނަށެވެ. އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 2510 މީހުންނެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 1203 ކޭސް އަކީ މާލެއިން ފެނިފައިވާ ކޭސްތަކެވެ. ދެން ހިމެނެނީ އަތޮޅުތަކުން ފެނިފައިވާ 788 ކޭސް އަދި ރިސޯޓްތަކުން ފެނިފައިވާ 41 ކޭސް އެވެ. ކޮވިޑްބަލީގައި ރާއްޖެއިން މަރުވެފައިވަނީ 274 މީހުންނެވެ. […]