ރިޔާސީ ބަޔާން: ރައީސް ވިދާޅުވި ބޮޑު އުޖޫރައިގެ އިންތިޒާރުގަ ޓީޗަރުން

މިއަހަރުގެ މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ އިތުރުގަޑި ނުލައި، 12,628 ރުފިޔާއިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށެވެ. ތައުލީމީ ދާއިރާއިން ހާސިލްކުރެވިފައިވާ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ 2021 ވަނަ އަހަރު 4,082 ޓީޗަރުންނަށް ބޭނުންވާ ހުނަރާއި ތަމްރީނުގެ ފުރުސަތު ހޯއްދަވައިދެއްވުނު ކަމަށެވެ. އަދި […]
މެލޭޝިއާގައި ފާހަގަކުރެވޭ އާސާރީ އަދި ގުދުރަތީ ތަފާތު ރީތި ތަންތަން

މެލޭޝިއާ އަކީ ދިވެހިންގެ މެދުގައި ވަރަށް މަޤްބޫލު މަންޒިލެކެވެ. ދިވެހި އެތައް އާއިލާއާއި، ގިނައަދަދެއްގެ ކިޔަވާ ދަރިވަރުން ދިރިއުޅެމުން އަންނަ މި ގައުމަކީ އުޅެންފަސޭހަ ވަރަށް ހިތްގައިމު ތަނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރަކީ ބޮޑު އާބާދީއެއް އޮންނަ އެހާމެ ކާރުބާރު ބޮޑު ސިޓީއެކެވެ. ކިޔެވުމުގައި ބުރަކޮށްއުޅެ ހަމަހިމޭން މާހައުލަކަށް ދެވިދާނެ ސިޓީތަކެއް އެބަހުއްޓެވެ. މިގޮތުން މެލޭޝިއާގެ މައި ސިޓީއާއި މާދުރުނޫން ސިޓީއެއް ކަމަށްވާ މެލަކާ ކިޔާ ސިޓީއަކީ ހިތްގައިމު ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ […]