އަންނާރު: ޒުވާންކަން އިތުރުކޮށްދީ ދުޅަހެޔޮ ސިއްހަތަކަށް މުހިންމު މޭވާއެއް

އަންނާރަކީ ފޮނި އަދި ވަރަށް މީރު މޭވާއެކެވެ. ރާއްޖޭގައިވެސް ވަރަށް ގިނައިން ހެދޭ ވަރަށް ފަސޭހައިން ލިބެންހުންނަ މޭވާއެކެވެ. އެހެންނަމަވެސް އެންމެބޮޑަށް އަންނާރު ގަސް ހެދެނީ އެމެރިކާގެ ކެލިފޯނިއާގައެވެ. ރާއްޖޭގައި ހައްދާ އަންނާރު ގަހާއި ބޭރު ގައުމުތަކުގައި ހައްދާ އަންނާރުގައި ތަފާތުތަކެއް ހުރެއެވެ. ރާއްޖެއިން ބޭރުގައި ހައްދާ އަންނާރުގައި ރަތްކުލަ ގަދަކަން ފާހަގަވެފައި ފޮނިރަހަ ވަރަށް ގަދަކަންވެސް ފާހަގަކުރެވެއެވެ. މިމޭވާއަކީ ކެއުމުގައި ވަރަށްގިނަ ގޮތްގޮތަށް ބޭނުންކުރާ މޭވާއެކެވެ. ޖޫސް ހެދުމާއި، ސެލެޑު ހެދުމަށާއި، ހުމުސް ހެދުމަށާއި އަދި […]