ދެމަފިރިން ވަކިން ނިދުމަކީ ރަނގަޅުގޮތް ކަމަށް ގަބޫލުކުރާ މީހުން އުޅޭ ގައުމެއް!

ޖަޕާނުގައި މީހުންނާ އިނދެގެން ދިރިއުޅޭ މީހުންނަކީ އާންމުކޮށް ގެއެއްގައި ނުވަތަ އެޕާޓްމަންޓުތަކުގައި އާއިލާގެ އެހެނިހެން މެންބަރުންނާއި ވަކިން ދިރިއުޅޭ މީހުންނެވެ. އަދި އެމީހުން ނިދައިއުޅެނީ ކޮޓަރިތެރޭގައި ދެމީހުން ވަކި އެނދު ތަކުގައެވެ. އެމީހުން ގަބޫލުކުރާގޮތުގައި އެގޮތަށް ނިދުމަކީ އެންމެ ރަނގަޅުގޮތެވެ. ކައިވެނިކޮށްގެން އުޅޭ ދެމަފިރިން ވަކިން ނިދަނީ ކީއްވެ؟ ސަބަބަކީ ދެމީހުންނަކީ މަސައްކަތުގެ މާހައުލުގައި ވަކި ޝެޑިއުލެއްގެ ދަށުން މަސައްކަތްކުރާ މީހުންކަމުގައިވާނަމަ އެމީހުން ގަބޫލުކުރާ ގޮތުގައި ދެމީހުން ދެ އެނދުގައި ނިދުމުން މަސައްކަތަށް ނުވަތަ ވަޒީފާއަށް ދިއުމަށް […]
އެވޭލާ ހާދިސާ: ބިރުވެރި ރޭގަނޑެއްގައި ކޯމަހުގެ އެހީތެރިކަން ދެބަފައިންނަށް

މިހާރު އަހަރު ދުވަސް ވަނީއެވެ. މާލެދަތުރު އަވަސް ކުރަންވީއެވެ. އެކަމަކު ކުރައްދޫ މީހުންގެ ހިތްހެޔޮކަމާއި އޯގާތެރިކަމުން ދާންނުކެރިހުއްޓާ އެރަށާއި ދިމާލަށް ހުދުރިޔާނެގި އޮޑިއެއް އަންނަތަން ފެނުނެވެ. މިފަހަރު ޟަމީރުގެ މައްޗަށް ހިތްގަދަވެއްޖެއެވެ. ކަނޑައަޅައިފީމެވެ. މިއޮޑި ކުރައްދުއަށް ކައިރި ކޮށްފިއްޔާ އެއިން އުތުރަށް(މާލެއަށް) ދާނަމެވެ. ކަންދިމާވީވެސް އެގޮތަށެވެ. މަޑުމަޑު ވައިރޯޅިއެއްގައި އައިސް މިއޮޑި މިރަށަށް ބަނދަރުކޮށްފިއެވެ. ޚަބަރު ބަލާލީމެވެ. ހަމަހީކުރެވުނީ ރަނގަޅަށެވެ. އެއީ މާލެ ދާން އުޅޭ އޮޑިއެކެވެ. އޮޑިއަށް ފެންބަރުކުރުމަށްޓަކައި މިރަށަށް ބަނދަރުކުރީއެވެ. އަހަންނަށް މާލެ ދެވިދާނެތޯ […]